މާލެ: 31°C

"ހާސްކަނޑާލާ-ހަމަޖެހޭނެ" ޤާސިމްގެ ވަޢުދުތަކަކީ އަކުރުން އަކުރަށް ފުރިހަމަ ކުރެވިގެންދާނެ ވަޢުދުތަކެއް: އިލްހާމް

"ހާސްކަނޑާލާ-ހަމަޖެހޭނެ" ޤާސިމްގެ ވަޢުދުތަކަކީ އަކުރުން އަކުރަށް ފުރިހަމަ ކުރެވިގެންދާނެ ވަޢުދުތަކެއް: އިލްހާމް
June 10, 2023
2 ފަހަރު ބަލާފައި
"ހާސްކަނޑާލާ-ހަމަޖެހޭނެ" ޤާސިމްގެ ވަޢުދުތަކަކީ އަކުރުން އަކުރަށް ފުރިހަމަ ކުރެވިގެންދާނެ ވަޢުދުތަކެއް: އިލްހާމް
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވެވަޑައިގަންނަވާ ވަޢުދުތަކަކީ އަކުރުން އަކުރަށް ފުރިހަމަ ކުރެވިގެންދާނެ ވަޢުދުތަކެއްކަމަށް ޤާސިމްގެ ކެމްޕެއިން މެނޭޖަރ އަދި އެމަނިކުފާނުގެ ސެޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ. އިލްހާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖުމްހޫރީ ޕާޓީއާއި ޖުމްހޫރީ ޕާޓީގެ ލީޑަރަކީ ވަކި ކުލައަކަށް، ވަކި ފިކުރަކަށް، ވަކި ވިސްނުމަކަށް، ވަކި ޕާޓީއެއް ބެލުމެއްނެތި އެންމެންނަށް ފުރުޞަތުދޭނެ ޕާޓީއެއް ކަމަށެވެ. "ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓު އެރުވުމަށާއި ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވުނު ރަސްމިއްޔާތު ނިމިފައިވަނީ ވަރަށް ކާމިޔާބުކަމާއެކު. ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހިމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަން. ރަސްމިއްޔާތަށް ވަޑައިގެންނެވި އެންމެހައި ބޭފުޅުންނަށް އަޅުގަނޑުގެ އަމިއްލަ ނަމުގައާއި ޖުމްހޫރީ ޕާޓީގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޖުމްހޫރީ ޕާޓީ ދާނީ ފަސްބެލުމެއްނެތި، ފާޑުކިޔުންތައް ބަލައިގަންނަމުން، މާޔޫސްވުމެއްނެތި ކުރިޔަށް. ﷲގެ ހެޔޮ ރަޙުމަތާއެކު މިއަހަރުގެ ރިޔާސީ އިންތިޚާބު ޖުމްހޫރީ ޕާޓީ އިން ކާމިޔާބު ކުރާނީ ރައްޔިތުންގެ ފުރިހަމަ ތާއީދާއި، ފުރިހަމަ އަޣުލަބިއްޔަތަކުން." އިލްހާމް ވިދާޅުވިއެވެ. https://twitter.com/ilhammaldives/status/1667448955473633280 ޓިކެޓް ހަވާލުކުރި ރަސްމިއްޔާތުގައި ޤާސިމް ވަނީ އެކި ދާއިރާތަކުން ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. މިގޮތުން އެމަނިކުފާނުގެ ވެރިކަމުގައި 100 މިލިނަރުން އުފެއްދުމާއި އުމުރުން ދުވަސްވީ މީހުންނަށްދޭ އިނާޔަތް ހަތް ހާސް ރުފިޔާއަށް އިތުރު ކުރެއްވުމާއި 30ހާސް ފްލެޓް އެޅުންފަދަ ވައުދުތައް ހިމެއެވެ، ރޭގެ ޖަލްސާއަށް ގިނަ ބަޔަކު ހާޒިވެ މުޅި ކާނިވާ ސަރަހައްދު ވަނީ ފުރާލާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ