ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާ ތަކުގެ ތެރެއިން ކޯޓްގައި މިހާރު ކުރިއަށްދާ ވ.ފުއްގިރީގެ މައްސަލައިގައި އެންމެ ފަހުން ބޭޢްވުނު އަޑުއެހުން ކުރިއަށްދިޔައީ މީޑިއާއިން ލައިވް ކުރަން ފުރުޞަތު ނުދީއެވެ.
މި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ހުށައެޅުއްވި ޢެންމެ ބޮޑު ކަންބޮޑުވުމަކީ އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށައަޅުއްވާ އެއް ޙެކި ކަމުގައިވާ ކުރީގެ ނައިބުރައީސް ޢަހުމަދު ޢަދީބަކީ ޢެމަނިކުފާނުގެ އަދާވާތްޔެރިއެއް ކަމަށް އެމަނިކުފާން ގަބޫލުކުރެވުމެވެ. އަދި އެކަމުގެ ސަބަބެއް ކަމަށް ރައީސް ޔާމީން ދެކެވަޑައިގަންނަވާ ޢެއް ސަބަބަކީ ނައިބުރައީސް ކަމުން އަހުމަދު އަދީބު ދުރުކުރުމެވެ. ރައީސް ޔާމީންގެ މި ކަންބޮޑުވުމަށް ޖަވާބުދާރީ ވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ނައިބު ރައީސް ކަމުން އަހުމަދު ޢަދީބު ވަކި ކުރުމުން އަދާވާތް ތެރިއަކަށްވާނެނަމަ ރައީސް ޔާމީންގެ ވަކީލް ޑރ. ޖަމީލް ވެސް ވާނީ އަދާވާތް ތެރިއަކަށް ކަމަށެވެ. ސަބަބަކީ ޢެމަނިކިފާނަކީވެސް ރައީސް ޔާމީންގެ ދައުރުގައި ނައިބު ރައީސް ކަމުން ވަކިކުރައްވާފައިވާ ބޭފުޅަކަށްވުމުންނެވެ. އަދި ނައިބް ރައީސް ކަމުން ޑރ.ޖަމީލް ވަކިކުރުމުން ރައީސް ޔާމީނާ ދެކޮޅަށް މަސައްކަތް ކުރައްވާ ރައީސް ޔާމީނާ ދެެކޮޅަށް ވާހަކަ ދެއްކިކަމަށާއި ނަމަވެސް ހާލަތު މިހާރު ބަދަލުވެފައިވާ ކަމަށެވެ. އެހެންކަމުން ނަައިބް ރައީސް ކަމުން ވަކިކުރުމުން އަދާވާތްތެރިއަކަށްވާނެ ހާލަތެއް މިހާރު އޮތްކަމަށް ނުދެނޭކަމަށް ދައުލަތުން ބުންޏެވެ. މި މައްސަލައިގައި ދެން އޮތީ ޔާމީނާ ދެކޮޅަށް އަދީބުގެ ހެކިބަސް ނެގުމެވެ. ރައީސް ޔާމީން ގެ މައްޗަށް ޚިޔާނާތުގެ ދައުވާ ކޯޓްގައި ކުރިއަށް ދާއިރު މިހާރުވެސް އެމަނިކުފާނު ހުންނެވީ ރިޝްވަތު ހިފުމާ މަނީލޯންޑްރިންގެ ކުއް ސާބިތުވެ 11 އަހަރު ދުވަހުގެ ޖަލު ޙުކުމެއްގައެވެ.
އަދީބަކީ އަދާވާތްތެރިއެއް ނަމަ ޖަމީލަކީވެސް ޔާމީންގެ އަދާވާތްތެރިއެއް: ދައުލަތް
އަދީބަކީ އަދާވާތްތެރިއެއް ނަމަ ޖަމީލަކީވެސް ޔާމީންގެ އަދާވާތްތެރިއެއް: ދައުލަތް
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
