
ނަޝީދާ އެކު މަޖިލިސް އޮޔާ ދާން ދޫކޮށްލާނީތަ؟
ނަޝީދާ އެކު މަޖިލިސް އޮޔާ ދާން ދޫކޮށްލާނީތަ؟
ލިޔުން:
ރައްޔިތުންގެ މަޖިލީހަކީ ލިޔެވިފައިވާ އުސޫލުތަކާއި ގަވާއިދު ތަކެއްގެ މަތިން ޒަމާނުއްސުރެ ހިނގަމުންދާ މުއައްސަސާއެކެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި ގާނޫނު އަސާސީ އިސްލާހު ކުރި ދުވަސްވަރު މަޖިލީހުގައި ހޫނު ޒުވާބުތައް ހިނގި އިރުވެސް މަޖިލީސް ކޮންޓްރޯލުން ނެއްޓިގެން ދިޔަ ތަނެއް ނުފެނެއެވެ.
ވަކިން ހާއްސަކޮށް ޖަވާބުދާރީ ކުރުވުމުގެ ގޮތުން ދައުލަތުގެ ވަޒީރެއް މަޖިލީހަށް ހާޒިރުކުރެވިއްޖެނަމަ އެބޭފުޅަކަށް ކިތައްމެ ބޮދު ތުހުމަތެއް ކުރެވުނު ނަމަވެސް އެ ބޭފުޅަކަށް ފުރިހަމަ އިހްތިރާމް ދެއްވައެވެ. އަދި ޖަވާބުދާރީ ވުމަށް އެކަށީގެންވާ ފުރިހަމަވަގުތު ދެއްވައެވެ.
ވާހަކަ ދައްކަމުންދާއިރު މެންބަރަކު ހިންހަމަ ނުޖެހިގެން ނިޒާމީ މައްސަލައެއް ނަގަން އެދުނަސް މަޖްލީހުގެ ގަވާއިދުގައި ބުނާ ފަދަ މައްސަލައެއް ނެއްނަމަ އެ ފުރުސަތެއް ނާރުވައެވެ.
ނަމަވެސް މިއަދުގެ ޖަލްސާއަށް ހުށައެޅިފައިވާ ޗާގޯސް މައްސަލައިގައި ބަންޑާރަނައިބު ޖަވާބުދާރީ ވުމުގެ ފުރުސަތުގައި ބަންޑާރަ ނައިބަށް ދެއްވި ފުރުސަތުގައި އިދިކޮޅު މެންބަރުން ތަކުރާރުކޮށް އެއްކަމެއްގައި ނިޒާމީ މައްސަލަ ނަގަމުން ދިޔައިރު އެފުރުސަތު ދެއްވަން ހިނިއައިސްފައި ރައީސް ނަޝީދު އިންނެވިއެވެ. އެކަމާ ސަރުކާރަށް ތާއީދު ކުރާ މެންބަރުން ހިންހަމަ ނުޖެހި އެހެން ނުހެދުމަށް އެދެމުން ދިޔައެވެ.
ކޮންމެ އަކަސް މެންބަރުންގެ ނިޒާމީ މައްސަލަތަކާހެދި ބަންޑާރަ ނައިބަށް އެއަކުރު ހަމަޔަށް ހަމަ އެއްފަހަރުވެސް ކިޔޭވަރެއް ނުވެއެވެ.
މި ހުރިހާ ކަމެއްގެ އިތުރުން ރިޔާސަތުގައި އިންނެވި ނަޝީދުގެ ވާހަކަ އަދި ވަކިން ގިނަކަން ފާހަގަ ކުރެވުނުވެ. މެއީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއްގައި ފެނިގެން ގޮސްފައިވާ ކަމެއް ނޫނެވެ.
ކޮންމެއަކަސް މަޖިލީހުގެ މަސައްކަތް ތަކުގެ ތެރެއިން ރައްޔިތުންގެ ލާބަޔާ މަންފާއަށް ސަރުކާރުން ހުށައަޅާ ކަންކަން އެޖެންޑާ ނުކުރެވި މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅާ އަމިއްލަފުޅަށް ލޯޔަލިސްޓުންނާއެކު ޕާޓީއެއް އުފައްދަވާ އަދި ސަރުކާރާ އިދިކޮޅު ޕީޕީއެމް ގެ މެންބަރުންނާ ގުޅިވަޑައިގެން މަޖިލީހުގައި މަސައްކަތް ކުރައްވަމުން ގެންދަވާއިރު އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮތް މަޖިލީހުން އެކަން އެގޮތަށް އޮޔާދާން ދޫކޮށްލައިގެން އަދިވެސް ތިބޭނީ ކިހާ ދުވަހަކުތޯއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
