
މަކުނުދޫ ގެއެއްގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލެވިފައި: ކައުންސިލް ރައީސް
މަކުނުދޫ ގެއެއްގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލެވިފައި: ކައުންސިލް ރައީސް
ލިޔުން:
ހ.ދ. މަކުނުދޫ އަލްފާ ގޭގައި މިރޭ ގާތްގަނޑަކަށް 20:15 އެހާކަން ހާއިރު ރޯވި އަލިފާން ގަނޑު މިހާރު ނިއްވާލެވިފައިވާ ކަމަށް އެ ރަށުގެ ކްއުންސިލް ރައީސް އައުޒަމް އާދަމް ވިދާޅުވެއްޖެ އެވެ.
މި ހާދިސާ އާއި ގުޅިގެން "މިނިވަން" އަށް މައުލޫމާތު ދެމުން އައުޒަމް ވިދާޅުވީ، އެ ހާދިސާ ހިނގި ގޭގައި އެވަގުތު ހަތަރު މޠހަކު ދިރި އުޅެމުން އަކަމަށާއި، ނަމަވެސް އެވެސް މީހަކަށް ގެއްލުމެއް ނުލިބި ސަލާމަތް ކުރެވިފައިވާ ކަމަށެވެ. އަދި އެ މީހުންނަށް މިހާރު ވަނީ ރަނގަޅު ބޯހިޔާވަހިކަމެއް ހޯދައި ދީފައި ކަމަށް ވެސް އައުޒަމް ވިދާޅުވިއެވެ.
މިހާދިސާ ހިނގަން މެދުވެރިވީ ކީއްވެގެން ތޯ ސުވާލު ކުރުމުން އައުޒަމް ވިދާޅުވީ، ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ބުނެދޭން ނޭނގޭ ކަމަށާއި، ގޭގައި ދިރި އުޅެމުން ދިޔަ ހަތަރު މީހުން ކުރެން މީހެއް ކައިރިން ހާދިސާގެ ވާހަކަ އަނހާ އޮޅުންފިލުވަން އަދި މަސައްކަތް ކޮށްފައި ނުވާކަމަށެވެ.
ރަށުގައި ތިބޭ ފުލުހުންނާއި، ސިފައިންގެ އިތުރުން، ރަށުގެ ރައްޔިތުންނާއި މުއައްސަސާތަކުން މަސައްކަތްކޮށް އަލިފާން ގަނޑު މިހާރުވަނީ ނިއްވާލާފައި ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
