
ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޕީޕީއެމްގެ ޕީޖީ ގުރޫޕާ އެކު މަސައްކަތް ކުރަން ދައުވަތު ދީފި
ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޕީޕީއެމްގެ ޕީޖީ ގުރޫޕާ އެކު މަސައްކަތް ކުރަން ދައުވަތު ދީފި
ލިޔުން:
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީކޮށް ވަރުގަދަ ކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެހެން ޕާޓީތަކާއި ގުޅިގެން މަސައްކަތް ކުރުމަށް ސަރުކާރާއި ދެކޮޅު ޕާޓީތަކަށް ދައުވަތު އަރުވައިފިއެވެ.
ޕީޕީއެމް އިން ބުނީ، މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރަން ޖެހޭނެ ކަމަށާއި، އަދި އެކަން ކުރުމަށްޓަކައި ޕީޕީއެމްއާއެކު މަސައްކަތް ކުރަން ބޭނުންވާ މެންބަރުންނާއި ޕާޓީތަކަށް ދައުވަތު އަރުވާ ކަމަށެވެ.
ޕީޕީއެމް އިން އެހެން ޕާޓީތަކާއި ގުޅިގެން ސަރުކާރާއި ދެކޮޅަށް ޕްރެޝަރ ކުރުމަށް ދައުވަތު ދީފައި މިވަނީ، އެމްޑީޕީއަށް ސުޕާ މެޖޯރިޓީ ގެއްލުނީ އެ ޕާޓީގެ ތެރޭގައި އޮތް މައްސަލަތައް ބޮޑުވެ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީގެ ތެރޭގައި އުފެއްދެވި "ފިކުރެއްގެ ދިރުން' ފެކްޝަނުގައި ހިމެނުނު 12 މަޖިލިސް މެންބަރަކު އެމްޑީޕީއިން ވަކިވުމަށްފަހު "ދަ ޑިމޮކްރަޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހަޅާފައި ވަނިކޮށެވެ.
https://twitter.com/ProgressPartyMV/status/1660980532459520000?cxt=HHwWgIC2gc-__owuAAAA
ޕީޕީއެމް އިން މިފަދަ ދައުވަތެއް ދީފައި މިވަނީ މަޖިލީހުގައި ސާފު އަގުލަބިއްޔަތު ކުރިން އޮތް އެމްޑީޕީއަށް އެ އަގުލަބިއްޔަތު ގެެއްލިފައި ވަނިކޮށެވެ. އެމްޑީޕީގައި ކުރިން 67 މެންބަރުން ތިއްބެވި ނަމަވެސް އެމްޑީޕީގެ 12 މެންބަރުން މިދިޔަ ހަފްތާ އެ ޕާޓީން ވަކިވުމުން އެމްޑީޕީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 54 މެންބަރުންނަށް މަދުވެފައެވެ.
މި ފަހުން ދިމާވި އެކި މައްސަލަތަކުގައި އޭރު އެމްޑީޕީގެ ތެރޭގައި އޮތް "ފިކުރެއްގެ ދިރުން" ފެކްޝަން އަދި މިހާރު ޑިމޮކްރެޓްސް އިން ވަނީ އިދިކޮޅު ކޯލިޝަނާއެކު މަސައްކަތް ކޮށްފައެވެ. އޭގެއިތުރުން ސަރުކާރު ކޯލިޝަނުގައި ހިމެނުނަސް ވަކިން އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވާ ޖޭޕީއިންވެސް ވަނީ އިދިކޮޅާއެކު މަސައްކަތް ކޮށްފައެވެ. މި މަސައްކަތްތަކުގައި އެމްއެންޕީއިންވެސް ބައިވެރިވެފައިވެއެވެ.
މި ހުރިހާ ޕާޓީތަކެއްގެ މެންބަރުން އެއްކޮށްލުމުން އަންނަ އަދަދަކީ 26 އެވެ. މަޖިލީހުގައި މިހާރު ތިބި މިނިވަން ހަތަރު މެންބަރުންގެ ތާއީދު ލިބިއްޖެ ނަމަ އެ އަދަދު 30 އަށް އަރާނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
