
އިޓަލީގައި ފެންބޮޑުވެ 36،000 މީހުންގެ ގެދޮރު ގެއްލިއްޖެ
އިޓަލީގައި ފެންބޮޑުވެ 36،000 މީހުންގެ ގެދޮރު ގެއްލިއްޖެ
ލިޔުން:
އިޓަލީގެ އިރުއުތުރުގައި ފެންބޮޑުވުމުގެ ސަބަބުން 36،000 އަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލިފައިވާ ކަމަށް ސަރަހައްދީ އޮފިޝަލުން ބުނެފިއެވެ.
ފެންބޮޑުވުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހަފުތާގައި ބޯކޮށް ވާރޭވެހި އެމިލިއާ-ރޮމަގްނާ ސަރަހައްދުގެ ސިޓީތަކާއި އަވަށްތަކުގެ މަގުތައް ކޯރުތަކަކަށް ބަދަލުވެ، 14 މީހަކު ވަނީ މަރުވެފައެވެ. ކަރަންޓު ގެނައުމަށް މަސައްކަތް ކުރަމުން ދިޔަ ހެލިކޮޕްޓަރެއް ހޮނިހިރު ދުވަހު ލޫގޯ ކައިރިއަށް ވެއްޓި، އެ ބޯޓުގައި ތިބި ހަތަރު މީހުންގެ ތެރެއިން އެކަކު ޒަހަމްވެފައިވާ ކަމަށް ފަޔާ ސާވިސް އިން ވަނީ ރިޕޯޓްކޮށްފައެވެ.
ފެންބޮޑުވުމާ ގުޅިގެން އެކަމަށް އިޖާބަ ދިނުމުގެ ގޮތުން ހީރޯޝިމާގައި ކުރިއަށްދާ ގްރޫޕް އޮފް ސެވަން (ޖީ7) ސަމިޓުން ގައި ބައިވެރިވެވަޑައިގަންނަވާ އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ކުރެއްވި ދަތުރުފުޅު ވަނީ ކުރުކޮށްލައްވާފައެވެ. މެލޯނީ ވަނީ މި ދަތި ދަނޑިވަޅުގައި އިޓަލީގައި ތިބެން ޖެހޭ ކަން ހާމަކޮށް ޖީ7ގެ އެހެން ލީޑަރުންނަށް ވެސް އޭނާގެ ނިންމުން އަންގާފައެވެ.
އިޓަލީގެ އުތުރުގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުން އިންޓަނެޓާ ގުޅައި، މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތަކަށް މަގުފަހިކޮށްދިނުމަށް އެލޮން މަސްކްގެ ސްޕޭސް އެކްސް އާއި ޔުނިޕޯލް ގްރޫޕޯ ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެފައިވާ ކަމަށް އިޓަލީގެ "އިންޝުއަރެންސް" ކުންފުނިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
