މާލެ: 31°C

ފިކުރެއްގެ ދިރުމުގެ ނަމުގައި ޕާޓީއެއް އުފައްދައި ރިޔާސީ އިންތިހާބުގައި ވާދަކުރަނީ!

ފިކުރެއްގެ ދިރުމުގެ ނަމުގައި ޕާޓީއެއް އުފައްދައި ރިޔާސީ އިންތިހާބުގައި ވާދަކުރަނީ!
May 17, 2023
2 ފަހަރު ބަލާފައި
ފިކުރެއްގެ ދިރުމުގެ ނަމުގައި ޕާޓީއެއް އުފައްދައި ރިޔާސީ އިންތިހާބުގައި ވާދަކުރަނީ!
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވާ އާ ޕާޓީން ކެންޑިޑޭޓަކު ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވައިފިއެވެ. އެމްޑީޕީގެ އެތެރޭގައި ރައީސް ނަޝީދުގެ ފެކްޝަނާއި ރައީސް ސޯލިހު ފެކްޝަން އުފެދި ފާޓީ ފަޅައިގެންގޮސް ރައީސް ނަޝީދަށް ތާއީދު ކުރާ 12 މެމްބަރުން މިއަދު ވަނީ ޕާޓީން ވަކިވެފައެވެ. މައްސަލަ އެންމެ ގޯސްވީ ނަޝީދަށް ތާއީދު ކުރާ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޕާޓީން ވަކިކުރުމުންނެވެ.

މިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހުގައި އެ މަނިކުފާނު ގެންދަވަނީ އެމްޑީޕީ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ހަރަކާތެއް ހިންގަމުންނެވެ. ސަރުކާރާ މެދު އުފެދުނު ހިތްހަމަނުޖެހުންތަކަށް ފަހުގައި އެ ފެކްޝަންގެ ހުރިހާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަދު ވަނީ އިސްތިއުފާ ދެއްވައިފައެވެ.

ސަރުކާރާ ދެކޮޅަށް އިމުގެ މައްސަލައިގައި އިދިކޮޅު އިއްތިހާދުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވުމާ އެކު، އެ ފެކްޝަންގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަކިކުރަން އެމްޑީޕީން ވަނީ ނިންމައިފައެވެ. އެ ނިންމުމާ އެކު އުފެދުނު ހިތްހަމަނުޖެހުންތަކުގައި ނަޝީދުގެ އަރިސް 12 މެންބަރުން ވަނީ މިއަދު އެމްޑީޕީން އިސްތިއުފާ ދެއްވައިފައެވެ.

މިއަދު އެމްޑީޕީން އިސްތިއުފާ ދެއްވާފައިވަނީ:

  • މަޖިލީހުގެ ނައިބު ރައީސް އީވާ
  • މުޙައްމަދު ވަހީދު (ވައްޑޭ)
  • އިމްތިޔާޒް ފަހުމީ (އިންތި)
  • ހަސަން ލަތީފު
  • އިލްޔާސް ލަބީބް
  • ޔާސިރު އަބްދުއްލަތީފް
  • ހަސަން އަފީފް
  • އިބްރާހީމް ރަޝީދު (ބޮންޑޭ)
  • ހުސެއިން ފިރުޝާން
  • ހަސަން ޝިޔާން (ގިޓާ)
  • މުޙައްމަދު ރަޝީދު (ބޯދިގު)
  • ގައްދޫ އަހްމަދު ޒާހިރު

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ