މާލެ: 31°C
ސްޕްރީމް ކޯޓުން ވެސް ނިންމީ ރައީސް ޔާމީނާ ދެކޮޅަށް!

ސްޕްރީމް ކޯޓުން ވެސް ނިންމީ ރައީސް ޔާމީނާ ދެކޮޅަށް!

May 15, 2023
2 ފަހަރު ބަލާފައި
ސްޕްރީމް ކޯޓުން ވެސް ނިންމީ ރައީސް ޔާމީނާ ދެކޮޅަށް!
ފުއްގިރި މައްސަލައިގައި އަދީބާއި ޒިޔަތުގެ ހެކި ބަސް ނެގުމާ ދެކޮޅަށް ރައީސް ޔާމީންގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލަ, އެމަނިކުފާނާ ދެކޮޅަށް ނިމިއްޖެއެވެ. މިގޮތަށް ނިންމީ މަައްސަލަ ބެއަލެވި 3 ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ފުއްގިރި މައްސަލާގައި ޝަރީޢަތުގެ ކުރިން ރައީސް ޔާމީނުގެ ފަރާތްޕުޅުން ބައެއް ހެކިތައް ބަލައިނުގަތުމަށް ހުށައެޅި ހުށައެޅުން އެ ކޯޓުން ބަލައިނުގަންނަން ނިންމި ނިންމުން ހައިކޯޓަށް ހުށައަޅާ އެކޯޓުން ވެސް ދަށު ކޯޓުގެ ނިންމުމަށް ތާއީދުކު ކުރުމުން އެ މައްސަލަ ރައީސް ޔާމިންގެ ފަރާތްޕުޅުން ސުޕްރިމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ދަށު ކޯޓަށް ހުށައެޅުނު މައްސަލައަށް ބަލާއިރު، ވަކިވަކި ހެކިތައް ބަލައިގަންނަން ނިންމެވި ސަބަބުތައް ބަޔާން ނުކޮށް، ހުރިހާ ހެއްކެއް އެކުއެކީގައި ބަލައިގަންނަން ނިންމެވީ ކަންފަސޭހަކޮށް ކަމަށް ފަނޑިޔާރު ސިފަ ކުރެއްވިއެވެ.

އެހެން ނަމަވެސް އެކަމަކީ ޝަރީއަތުގެ ކުރީގެ މަރުޙަލާ އަލުން ފަށަން ޖެހޭ ސަބަބެއް ނޫން ކަމަށާއި، ސަބަބަކީ ވަކިވަކި ހެކިތަކާމެދު ތައުނު ކުރުމުގެ ފުރުސަތު ޝަރީއަތުގެ މަރުޙަލާގައި ލިބިދޭތީކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ