މާލެ: 31°C

މުދާ އުފުލާ ދޯންޏެއްގެ ޝާފްޓް ބިންދައިގެން ދިއުމާ ގުޅިގެން ކޯސްޓްގާޑުން ހަރަކާތްތެރިވަނީ!

މުދާ އުފުލާ ދޯންޏެއްގެ ޝާފްޓް ބިންދައިގެން ދިއުމާ ގުޅިގެން ކޯސްޓްގާޑުން ހަރަކާތްތެރިވަނީ!
May 7, 2023
2 ފަހަރު ބަލާފައި
މުދާ އުފުލާ ދޯންޏެއްގެ ޝާފްޓް ބިންދައިގެން ދިއުމާ ގުޅިގެން ކޯސްޓްގާޑުން ހަރަކާތްތެރިވަނީ!
ހިލަވެލި ބަރުކޮށްގެން ދިޔަ މުދާ އުފުލާ ދޯންޏެއް ޝާފްޓް ބިންދައިގެން ދިއުމާ ގުޅިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ ހިލަ އަދި ހިލަވެލި ހިފައިގެން ކ.ތިލަފުށިިން ހދ. ނެއްލައިދޫއަށް ދަތުރުކުރި "ލެވަލް 9" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި ޝާފްޓް ބިންދައިގެން ދިއުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ. ޝާފްޓް ބިންދައިގެން ދިޔައިރު ދޯނި އޮތީ ކިހާ ހިސާބެއްގައި ކަމެއް އަދި ސާފެއް ނުވެއެވެ،   https://twitter.com/MNDF_Official/status/1654941068541194240 މިދުވަސްވަރަކީ މޫސުން ގޯސް ކަނޑުގަދަ ދުވަސްވަރެކެވެ. މިއަދު ހަވީރުވެސް ވަނީ ކަނޑުމަތީގެ ހާދިސާއެއް ހިނގައިއެވެ. 30 މީހުންނާއެކު މާލެއިން ފުރައިގެން ދ އަތޮޅަށް ދަތުރު ކުރި ލޯންޗެއް ދިޔަވެ އަޑިއަށްދާތީ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީ އެ ލޯންޗް މީދުއަށް ވައްދާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ