މާލެ: 31°C

ގިނަ އަދަދެއްގެ މީހުންނާއެކު ދަތުރު ކުރި ލޯންޗެއް އަޑިއަށްދާތީ ކޯސްޓްގާރޑުން ހަރަކާތްތެެރިވާން ފަށައިފި

ގިނަ އަދަދެއްގެ މީހުންނާއެކު ދަތުރު ކުރި ލޯންޗެއް އަޑިއަށްދާތީ ކޯސްޓްގާރޑުން ހަރަކާތްތެެރިވާން ފަށައިފި
May 6, 2023
2 ފަހަރު ބަލާފައި
ގިނަ އަދަދެއްގެ މީހުންނާއެކު ދަތުރު ކުރި ލޯންޗެއް އަޑިއަށްދާތީ ކޯސްޓްގާރޑުން ހަރަކާތްތެެރިވާން ފަށައިފި
ގިނަ އަދަދެއްގެ މީހުން ގޮވައިގެން މާލެއިން ދ. އަތޮޅަށް ދަތުރު ކުރި ލޯންޗެއް އަޑިއަށްދާތީ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ. މި ލޯންޗަކީ މިއަދު މެންދުރު މާލެއިން ފުރައިގެން ދ އަތޮޅާއި ތ އަތޮޅަށް ދަތުރު ކުރަމުންދިޔަ “ވިޝަން އެކްސްޕްރެސް” ނަމަކަށް ކިޔާ ފެރީ ލޯންޗެކެވެ. 70 މީހުންގެ ޖާގައިގެ މި ލޯންޗުން 30 މީހުން ދަތުރު ކުރިއެވެ. ލޯންޗް އަޑިއަށްދަނީ ފ އަތޮޅާ ދިމާލުން ކަމަށް މައުލޫމާތު ލިބެއެވެ. މިލޯންޗް އަޑިއަށްދާ ހަބަރު ލިބުމުން ލޯންގައި ހުރި ފަަޅުވެރިޔަކަށް މިނިވަން ނޫހުން ގުޅުމުން ބުނީ ލޯންޗަށް ވަރަށް ބޮޑަށް ރާޅު އަރަމުންދާ ކަމަށާއި ދިޔަ ކޮންޓްރޯލް ނުވާ ކަމަށެވެ. އޭގެ ފަހުން އެ ފޯން އަކަށް ނުގުޅުނެވެ. މިހާދިސާ ހިނގައިގެން އުޅޭކަން އެމްއެންޑީއެފުން ވަނީ ޔަޤީން ކޮށްދީފައެވެ. މި ލޯންޗަކީ ދ. މީދޫގައި ދުއްވާ ލޯންޗެއް ކަމަށް މައުލޫމާތު ލިބެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ