މާލެ: 31°C

ޖަލުގައި އެންމެ ބޮޑެތި އަނިޔާތަށް ލިބިފަވަނީ އަދީބުއަށް: ލޯޔަރު ޝަޒީމް

ޖަލުގައި އެންމެ ބޮޑެތި އަނިޔާތަށް ލިބިފަވަނީ އަދީބުއަށް: ލޯޔަރު ޝަޒީމް
May 5, 2023
2 ފަހަރު ބަލާފައި
ޖަލުގައި އެންމެ ބޮޑެތި އަނިޔާތަށް ލިބިފަވަނީ އަދީބުއަށް: ލޯޔަރު ޝަޒީމް

ދިވެހިރާއްޖޭގެ ނައިބު ރައީސްކަން ކޮށްފައިވާ އަދި އެމްޓީޑީގެ ލީޑަރ އަޙްމަދު އަދީބުއަކީ ހިތްވަރުގަދަ ލީޑަރެއްކަމަށާއި، ރާއްޖޭގެ ޖަލެއްގައި އެންމެ ބޮޑެތި އަނިޔާ މިހާތަނަށް ލިބިފަވަނީ އަޙްމަދު އަދީބުއަށްކަމުގައި އެމްޓީޑީ އަދި އަޙްމަދު އަދީބުގެ ޤާނޫނީ ވަކީލު ޝަޒީމް ވަޙީދު ވިދާޅުވެއްޖެއެވެ.

ޝަޒީމް ވަޙީދު މިހެން ވިދާޅުވީ ދާދި ފަހަކުން ޕީޕީއެމްގެ ލީޑަރޝިޕުން ރައީސް ޔާމީންގެ ޙުކުމް ތަންފީޒުކުރަމުންދާ މާފުށީ ޖަލުގައި އެމަނިކުފާނު ބޭނުންކުރައްވާ ފާޚާނާގައި ހޯމް މިނިސްޓަރ ޢިމްރާން ކެމެރާ ހަރުކޮށްގެން ބަލަމުންދާކަމުގައި ބުނެފައިވަނިކޮށެވެ. މިކަމަށް އިޝާރާތްކޮށް ޤާނޫނީ ވަކީލު ޝަޒީމް ވަޙީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި 2015 އިން 2018އަށް ދޫނިދޫ ޖަލުގައި އަޙްމަދު އަދީބު ބަންދުކޮށްފައިވަނިކޮށް، އެމަނިކުފާނު ހުންނެވި ގޮޅީގައިވެސް ކެމެރާ ހަރުކޮށްގެންމޫވްމެންޓް ބަލަމުން ދިޔަކަމަށެވެ.

ޤާނޫނީ ވަކީލު ޝަޒީމު ވަޙީދު ވިދާޅުވީ އަޙްމަދު އަދީބުއަކީ ޖަލުގައި އެންމެ އަނިޔާ ލިބުނު ފަރާތެވެ. ދޫނިދޫ ޖަލުގައި އަޙްމަދު އަދީބު އޮންނެވި ގޮޅިއަކީ އެންމެ ކުޑަ ގޮޅިއެއްކަމަށާއި، އެގޮޅީގައި އިރަށް ދޮންވާގޮތަށް އޮންނަންޖެހުނުކަމަށާއި، އަޙްމަދު އަދީބުގެ މައްޗަށް ޝަރީޢަތްކޮށްފައިވަނީވެސް ޤާނޫނު އަސާސީ ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަށް ނުދީ ހިފަހައްޓައިގެން ކަމަށެވެ. އެގޮތުން، އަޙްމަދު އަދީބުގެ ޤާނޫނީ ވަކީލުންނާއި ބައްދަލުވުން ހަމަޖައްސާފައިނުވާތީ، ޝަރީޢަތްތަށް ކެންސަލްވެފައިވާ ކަމަށާއި، ޢާއިލީ ބައްދަލުވުންތަށްވެސް ނުދީ ހިފެހެއްޓިކަމަށެވެ. އަދި، އެކަށީގެންވާ ފެންވަރެއްގެ ބޭސް ފަރުވާއެއް އަޙްމަދު އަދީބަކަށް ޖަލުގައި ލިބިފައިނުވާކަމުގައި ވަކީލު ޝަޒީމު ބުނެފައިވެއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި އަޙްމަދު އަދީބު ޖަލުގައި ބާއްވައިގެން ބޭސް ފަރުވާކުރުމުގެ ފުރުސަތު އެއްކޮށް ބަންދުކުރިއެވެ. އެފުރުސަތު ނުދީ ހިފެހެއްޓުމުގެ ސަބަބުން ރާއްޖޭން ބޭރުގެ އަމިއްލަ ޖަމްޢިއްޔާތަކާއި، ރާއްޖޭގެ ސިޔާސީ ފަރާތްތަކުން ސަރުކާރަށް ފާޑުކިޔުންތަށް އަމާޒުކޮށް، އަދީބުއަށްވެސް ބޭސް ފަރުވާކުރުމުގެ ފުރުސަތު ދިނުމަށްވަނީ ގޮވާލާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ