މާލެ: 31°C

ވަގު ޓީޓީގެ މައްސަލައިގައި ޝިފާއުގެ މައްޗަށް 23 ދައުވާއެއް އުފުލައިފި

ވަގު ޓީޓީގެ މައްސަލައިގައި ޝިފާއުގެ މައްޗަށް 23 ދައުވާއެއް އުފުލައިފި
April 26, 2023
2 ފަހަރު ބަލާފައި
ވަގު ޓީޓީގެ މައްސަލައިގައި ޝިފާއުގެ މައްޗަށް 23 ދައުވާއެއް އުފުލައިފި
ބައިނަލްއަގުވާމީ ކުންފުނިތަކުން މުދާ ހޯދުމަށް ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ބޭނުން ކުރި މައްސަލަައިގައި އުމުރުން 37 އަހަރުގެ ހުސެއިން ޝިފާއުގެ މައްޗަށް 23 ދައުވާއެއް އުފުލާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ބުނެފިއެވެ. ޕީޖީން ބުނީ މއ. ހަނީސަކްލް-1، ޙުސައިން ޝިފާޢު، އިތުރު މީހަކާ ބައިވެރިވެގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕަމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްކަމުގައިވާ "ކިންގްޑަމް އޮފް ފުރުޓްސް" މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުގެ މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް ބޭރު ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއިޙީލަތް ހަދާފައިވާ މައްސަލައިގައި މއ. ހަނީސަކްލް-1، ޙުސައިން ޝިފާޢުގެ މައްޗަށް އަންނަނިވި ދަޢުވާތައް ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް އުފުލި ދައުވާ ތަކަކީ…. 1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 310 ވަނަ މާއްދާގެ ދަށުން، އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 09 (ނުވައެއް) ދަޢުވާ. 2. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ ދަށުން، މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ 07 (ހަތެއް) ދަޢުވާ. 3. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގގެ ކުށުގެ 07 (ހަތެއް) ދަޢުވާ. އެކު ޖުމްލަ 23 (ތޭވީސް) ދަޢުވާ. މި ދަޢުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 38 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ. މީނާ މި ކުށުގެ ޢަމަލު ހިންގާފައިވަނީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން މީނާ ގަނެފައިވާ ތަކެއްޗަށް ފައިސާ ދިންކަމަށް ދެއްކުމުގެ ގޮތުން ޞައްޙަނޫން ލިޔުން އުފައްދައި ހުށަހަޅައިގެންނެވެ. މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 123،844.54 (އެއްލައްކަ ތޭވީސްހާސް އައްސަތޭކަ އައްޑިހަ ހަތަރެއް ޕޮއިންޓް ފަހެއް ހަތަރެއް) އެމެރިކާ ޑޮލަރެވެ. ދިވެހި ރުފިޔާއިންނަމަ 1،909،682 (އެއް މިލިއަން ނުވަލައްކަ ނުވަހާސް ހަސަތޭކަ އައްޑިހަ ދޭއް) އެވެ. މި ފައިސާ ދައުލަތަށް ނަގައިދިނުމަށް ޕީޖީން ވަނީ އެދިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ