
މާފުށީ ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދިޔަ ބިދޭސީއެއް މަރުވެއްޖެ
މާފުށީ ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދިޔަ ބިދޭސީއެއް މަރުވެއްޖެ
ލިޔުން:
މާފުށީ ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އުމުރުން 29 އަހަރުގެ އަމީނުލް އިސްލާމް މަރުވެއްޖެއެވެ.
ކަރެކްޝަނުން ބުނީ ހެނދުނުގެ ސައިވަގުތު ނުހޭލާ އޮތުމާ ގުޅިގެން ގޮވަން އުޅުމުން އެއްވެސް ހަރަކާތެއް ނުކުރާތީ، އޭނާ ވަނީ އެމަޖެންސީގައި މާފުށީ ހެލްތް ސެންޓަރަށް ގެންދިޔަ ކަމަށެވެ. އަމީނުލް މަރުވިކަމަށް ޑޮކްޓަރު ކަނޑައަޅާފައިވަނީ 2:10 ގައެވެ. އޭނާ މަރުވެފައިވަނީ ހިތް ހުއްޓިގެންކަމަށް ކަރެކްޝަނަލް ސާރވިސްއިން ބުނެއެވެ.
އަމީނުލް އިސްލާމްއަކީ ބަދްއަޙްލާޤީ އަމަލު ހިންގުމާ ގުޅިގެން 7 އަހަރު ދުވަހުގެ ޙުކުމެއް ތަންފީޛްކުރަމުން ދިޔަ މީހެކެވެ. މީނާއަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ނޫނެވެ.
އޭނާ ހެލްތް ސެންޓަރަށް ގެންދިއުމާ ގުޅިގެން އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާކަމަށް ކަރެކްޝަލް ސާރވިސަސްއިން ބުނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
