
ނައީމާގެ މަރުގެ ހަގީގަތް ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް: ސީޕީ ހަމީދު
ނައީމާގެ މަރުގެ ހަގީގަތް ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް: ސީޕީ ހަމީދު
ލިޔުން:
ނ. މަނަދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ ހަގީގަތް ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި އަދުހަމް މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގެ ހަބަރެއް ޓެގް ކުރައްވައި ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމްގެ މަރުގެ މައްސަލައިގައި ވެސް ކުރި ހޯދުނީ, ފުލުހުންގެ ތަހުގީގު ޓީމާއި ފޮރެންސިކް ޓީމުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.
ހަމައެގޮތަށް ނައީމާގެ މަރުގެ މައްސަލައިގެ ތަހުގީގު ވެސް ފުލުހުން ވަރުބަލިކަމެއް ނެތި ކުރަމުން އަންނަ ކަމަށް ހަމީދު ވިދާޅުވި އެވެ.
އެ މައްސަލައިގެ ތަހުގީގު ކޮޅެއްގައި ޖައްސާނެ ކަމުގެ އިތުބާރާއި ޔަގީންކަން އެ މަސައްކަތް ކުރަމުން އަންނަ އިންވެސްޓިގޭޓަރުންނާއި، ފޮރެންސިކްސް އަދި ލޯކަލް ޕޮލިސް ޓީމުން ފުރިހަމައަށް އެބައޮތް ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
އަނިޔާވެރި ގޮތަކަށް ނައީމާ މަރާލާފައި އޮއްވާ ފެނުނުތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާއުރު މިމަރާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. މިމައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރެއެވެ.
https://twitter.com/m_hameedh/status/1647582482882260993?s=46&t=cqtg17ye7teTI-23JY6cJw
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
