
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާދު ފަރުހާދު ރަޝީދުގެ މައްސަލައެއްނެތް ކަމަށް ނިންމަިފި
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާދު ފަރުހާދު ރަޝީދުގެ މައްސަލައެއްނެތް ކަމަށް ނިންމަިފި
ލިޔުން:
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާދު ފަރުހާދު ރަޝީދުގެ ސުލޫކީ މައްސަލައެއް ފާހަގަނުވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ސިވިލް ކޯޓުން މިއަދު ނެރުނު އިއުލާން އެއްގައި ބުނީ ޤާޟީ ފަރުހާދަަށް ރިޝްވަތުގެ ގޮތުގައި އެކި މަންފާތައް ހޯދަމުން ގެންދާކަމަށާއި، މައްސަލަތަކުގެ ފައިލްތައް ކޯޓުން ބޭރަށް ގެންދާކަމަށް ބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން މީޑިއާގައި ދައުރުވި ޚަބަރުތަކުގައި ފަނޑިޔާރަށް ބޮޑެތި ތުހުމަތެއް ކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ މައްސަލަ ކޮމިޝަނަށް ހުށަހަޅައި ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމުގައި ގެންގުޅޭ އުސޫލުގެ ތެރެއިން އެ މައްސަލަ ބެލުމަށްފަހު، އެ ޝަކުވާގެ އެއްވެސް ހެއްކެއް އަދި އެ ޝަކުވާއަށް ބާރުދޭ އެއްވެސް ހޯދުމެއް ހޯދިފައި ނުވާ ކަމަށް ސިވިލް ކޯޓުން ބުންޏެވެ. އަދި އެ ޝަކުވާއަކީ ސައްހަ ޝަކުވާއެއް ކަމަށް ކޮމިޝަނަށް ނުފެނުމުން، ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލާނެ ޖާގައެއް ނެތްކަމަށް ވެސް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.
އަދި ސިވިލް ކޯޓުން ބުނީ އެފަދަ ތުހުމަތުތައް މީޑިއާތަކުގައި ގެނެސްދިނުމުގައި ފަނޑިޔާރުގެ އިއްޒަތާއި އަބުރަށް އުނިކަމެއް ނާންނާނެހެން ޒިންމާ ދާރުކަމާއެކު ހަބަރުތައް ގެނެސްދިނުމަށް އެ ކޮމިޝަނުން އިލްތިމާސްކުރާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
