މާލެ: 31°C

ވިސާއާ ނުލައި ދިވެހިންނަށް އޮމާން އަށް ދަތުރުކުރެވޭ ގޮތް ހަދައިފި

ވިސާއާ ނުލައި ދިވެހިންނަށް އޮމާން އަށް ދަތުރުކުރެވޭ ގޮތް ހަދައިފި
March 30, 2023
2 ފަހަރު ބަލާފައި
ވިސާއާ ނުލައި ދިވެހިންނަށް އޮމާން އަށް ދަތުރުކުރެވޭ ގޮތް ހަދައިފި
ވިސާ އަކާއި ނުލާ ދިވެހިންނަށް މިހާރު އޮމާން އަށް ދަތުރުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ދިވެހިންނަށް ކުރިން ވިސާ ޖެހުމަކާ ނުލައި އޮމާނަށް ގޮސް 14 ދުވަސް އެގައުމުގައި ހޭދަކުރެވޭނެ އެވެ. އެހެން ނަަމަވެސް ވިސާއާ ނުލައި އެގައުމަށް ދަތުރުކުރުމަށް ޓަކައި ވަކި ކަންަތައްތަކެއް ފުރިހަމަ ވާން ޖެހޭނެ އެވެ. އެގޮތުން ދަތުރުކުރާ މީހާގެ ޕާސްޕޯޓްގެ މުއްދަތު ހަމަވާ ތާރީހާއި ދަތުރުކުރާ ތާރީހާ ދެމެދު ހަ މަސް ދުވަހުގެ މުއްދަތެއް އޮންނަން ޖެހޭނެ އެވެ. އޮމާންގައި ހުންނާނެ ހޮޓަލަށް ކުރިއާ ލައި ބުކިން ހަދާފައި ވުމާއި ހެލްތު އިންޝުއަރެންސް އޮތުމަކީ ވެސް ޝަރުތެކެވެ. ވިސާ ނުނަގައި ދަތުރުކުމުގެ އަނެއް ޝަރުތަކީ ފޮރިން މިނިސްޓްރީން ބުނި ގޮތުގއި އޮމާނަށް ދަތުރުކުރުމަށް ފަހު އެނބުރި ރާއްޖެއަށް ދަތުުރުކުރާނެ ޓިކެޓް ވެސް ނަގާފައި އޮތުމެވެ. "ދިވެހި ސަރުކާރުން ދެކޭ ގޮތުގައި އޮމާނުން ރާއްޖެއަށް ވިސާ އެގްޒެމްޕްޝަނެެއް ދިނުމަކީ އެގައުމާއި ރާއްޖެއާ ދެމެދު ގާތް ގުޅުމެއް އޮތް ކަން ރަމްޒުކޮށްދޭ ކަމެކެެވެ. އަދި އެއީ އޮމާނުން ރާއްޖެއަށް އިސްކަންދޭ ކަމުގެ ހެއްކެކެވެ،" ވިސާއާ ނުލައި އޮމާނަަށް ދަތުރުކުރޭ ނެތް ގޮތް ހަމަޖެހުނުކަން އިއުލާނުކުރަން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ