މާލެ: 31°C

ޖޭޕީ އާއި ނަޝީދު ފެކްޝަން ގުޅިގެން މެނިފެސްޓޯއެއް އެކުލަވާލަން މަޝްވަރާކޮށްފި

ޖޭޕީ އާއި ނަޝީދު ފެކްޝަން ގުޅިގެން މެނިފެސްޓޯއެއް އެކުލަވާލަން މަޝްވަރާކޮށްފި
March 23, 2023
2 ފަހަރު ބަލާފައި
ޖޭޕީ އާއި ނަޝީދު ފެކްޝަން ގުޅިގެން މެނިފެސްޓޯއެއް އެކުލަވާލަން މަޝްވަރާކޮށްފި
ޖުމުހޫރީ ޕާޓީ (ޖޭޕީ) އާއި ރައީސް ނަޝީދު ފެކްޝަން "ފިކުރެއްގެ ދިރުން" ގުޅިގެން މެނިފެސްޓޯއެއް އެކުލަވާލަން މަޝްވަރާކޮށްފިއެވެ. ޖޭޕީގެ ކޮމިޓީގައި ތިއްބަވަނީ، ޖޭޕީގެ ލީޑަރ އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާއި،  ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާއި، މަޖިލިހުގެ ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސެއިންއެވެ. އެމްޑީޕީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ، ހަސަން ލަތީފް އާއި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރު އެވެ. މި ބޭފުޅުންގެ ފުރަތަމަ ބައްދަލުވުން އޮތީ މިރޭ ޖޭޕީގެ އޮފީސް މާފަންނު ކުނޫޒުގައެވެ. މި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖޭޕީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި އެޕާޓީގެ ނައިބު އަމީން އިބްރާހީމް ވިދާޅުވީ މި ބައްދަލުވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދެބައި ގުޅިގެން މަސައްކަތް ކުރަން ހުރި މަސައްކަތްތަކާ ބެހޭ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށާއި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ހާސިލްކޮށްދޭނެ ސިޔާސަތުތަކާއި ޕޮރޮގްރާމް ތަކެއް ކަނޑައެޅުމާ ބެހޭ ގޮތުން ކަމަށެވެ. ހަސަން ލަތީފް ވިދާޅުވިީ އެމްޑީޕީގެ ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ ފަރާތުން އޭނާ އާއި އަމްރު މިރޭގެ ބައްދަލުވުމަށް ވަޑައިގެންނެވި ނަމަވެސް ތަމްސީލު ކުރައްވަނީ އެމްޑީޕީ ކަމަށާއި ރައީސް ނަޝީދު އަބަދުވެސް މަސައްކަތް ކުރައްވަނީ އެމްޑީޕީ އަށް އެންމެ ފައިދާ ވަނީ ކޮން ގޮތެއްތޯ ބަލާފައި އެގޮތަކަށް ކަމަށެވެ. "ފިކުރެއްގެ ދިރުން" ފެކްޝަނުން ޖޭޕީއާއެކު މިރޭ ބޭއްވި ބައްދަލުވުމާއި ބެހޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ، މި ބައްދަލުވުންތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި، އެ ބައްދަލުވުންތަކުގައި މިހާރަށްވުރެ ފުޅާދާއިރާގައި ކަންކަމާއިމެދު މަޝްވަރާކުރެވޭނޭކަމަށެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ނަޝީދާ ވާދަ ކުރައްވައި ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައި އެ ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދަވާފައި ވަނީ ރައީސް ސޯލިހެވެ. ޕްރައިމަރީއަށް ފަހު ބަލި ގަބޫލު ކުރަށްވައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހާއެކު އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ