ލަންކާ މިނިސްޓަރު ރާއްޖެއަށް ކުރި މަލާމާތް މައުސޫމު ސިފަކުރެއްވީ ހަސަދައިގެ ގޮތުގައި!

ލަންކާ މިނިސްޓަރު ރާއްޖެއަށް ކުރި މަލާމާތް މައުސޫމު ސިފަކުރެއްވީ ހަސަދައިގެ ގޮތުގައި!
ލިޔުން:
ފަތުރުވެރިން ރާއްޖޭގައި ފަސްދުވަހައް ވުރެ ގިނަ ދުވަހު މަޑުކޮށްފިނަމަ ފޫހިވާނެކަމަށް ވިދާޅުވެ، ސްރީލަންކާގެ ޓުއަރިޒަމް މިނިސްޓަރު ހަރިން ފަރްނާންޑޯ ދެއްކެވި ވާހަކަ އަކީ "ހަސަދަ ވެރިވެގެން" ދެއްކެވި ވާހަކަ އެއް ކަަމަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ޑރ.މައުސޫމު ނުސީދާ ގޮތެއްގައި ސިފަކުރައްވައިފި އެވެ.
ޖަރުމަން ވިލާތުގެ ވެރިތަށް ބާލިން ގައި ކުރިއަށްދާ އިންޓަރނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައި.ޓި.ބީ) ބަރލިން ފެއާ ގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ލަންކާގެ ޓުއަރިޒަމް މިނިސްޓަރު ފެނާންޑޯ ވިދާޅުވީ ރާއްޖޭގައި އޮންނާނީ ހަމަ އެކަނި ގޮނޑުދޮށެއް ކަމަށާއި. ފަތުރުވެރިން ރާއްޖޭގައި ފަސް ދުވަހައްފަހު ކުރާނެ ކަމެއްނެތިގެން ފޫހިވާނެ ކަމަށެވެ. ރާއްޖެއަށް ގޮސްފި ނަަމަ އެެއް ރަށެއްގައި ތާށިވެފައި ތިބުން ނޫން އެހެން ގޮތެއް ފަތުރުވެރިންނަށް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް މަލާމާތަކަށް ވާ ގޮތަށް ދެއްކެވި އެ ވާހަކައާ ގުޅިގެން އޭނާއަށް އަންނަނީ ވަރަށް ގިނަ ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވަމުންނެވެ. ހާއްސަކޮށް ސޯޝަލް މީޑިއާގައި ރާއްޖެ އާއި އަދި ބޭރުގެ އެކިއެކި ފަރާތްތަކުން އަންނަނީ އޭނާއަށް ފާޑު ކިޔަމުންނެވެ.
[embed]https://twitter.com/NewsWireLK/status/1634573177765650432?s=20[/embed]
ރާއްޖޭގެ އަގުވައްޓާލާ ކަހަލަ ގޮތަކަށް ލަންކާގެ ޓުއަރިޒަމް މިނިސްޓަރ ވާހަކަ ދައްކާފައި ވާއިރު ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރ މައުސޫމް ވަނީ މިކަމަށް ރައްދު ދެއްވާފައެވެ.
[embed]https://twitter.com/Mausoom_Maus/status/1634947730761191429?s=20[/embed]
އެ އޮއިވަރުގައި ޖެހިވަޑައިގެން މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ލީޑިން ޑެސްޓިނޭޝަންގެ ޝަރަފު ޖެހިޖެހިގެން ތިން އަހަރު ރާއްޖެއިން ކާމިޔާބުކޮށްފައި ވާކަމަށާއި އަދި ރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ބެންޗްމާކް ކަމަށެވެ. ރާއްޖެއަކީ އެންމެ ރަނގަޅު އަދި "އެޑިކްޓިވް" މަންޒިލަށް ހަދައިދިން ފަރާތްތަކަށާއި، މިދާއިރާގައި ޚިދުމަތްދޭ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަސަދަ ވެރިވާ ނަމަ އަދި އޮޅުމެއްގެ ތެރޭގައި ވާނަމަ ތަކުރާރުކޮށް، އަމިއްލަ ނަފުސާ ސުވާކޮށްލާ،" ޓްވީޓްގައި މައުސޫމު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
