
އާ އައިޑީކާޑު ޑިޒައިން ކުރުމަށް އެންކްރިއާ އާއެކު އެއްބަސްވުން ހަދައިފި
އާ އައިޑީކާޑު ޑިޒައިން ކުރުމަށް އެންކްރިއާ އާއެކު އެއްބަސްވުން ހަދައިފި
ލިޔުން:
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އާ ޑިޒައިނަކަށް ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ހުޅުވާލި ފުރުސަތުގައި އެއްވަނަ އަށް ހޮވުނު ހުށައެޅުން ހުށައެޅި ކުންފުންޏާއެކު އެއްބަސްވުން ހަދައިފި އެވެ.
އައިޑީކާޑަށް އެންމެ ފުރިހަމަ ޑިޒައިނެއް ހުށައަޅާ ފަރާތަކަށް ދެލައްކަ ރުފިޔާގެ އިނާމެއް ހުށައަޅާފައިވެއެވެ.
އައިޑީކާޑު ފަރުމާ ކުރުމަށް ހުޅުވާލި ފުރުސަތުގައި އެއްވަނަ އަށް ހޮވުނީ "އެންކްރިއާ ޕްރައިވެޓް ލިމިޓެޑް" އިން ހުށައެޅި ހުށައެޅުން ކަމަށް ޑީއެންއާރް އިން ބުނެއެވެ. އަދި އެ ކުންފުންޏާއެކު ޑީއެންއާރް އިން މިހާރު ވަނީ އެއްބަސްވުން ހަދާފައެވެ.
2019 ވަނަ އަހަރު އުފައްދާފައިވާ އެންކުރިއާ ކުންފުންޏަކީ މަޝްހޫރު ގްރެފިކްސް ޑިޒައިނަރު ޝަފީއު (އަބޯ) އާއި ހުސައިން ޝާޒިފް އާދަމް ހިއްސާދާރުންގެ ގޮތުގައި މަސައްކަތް ކުރާ ކުންފުންޏެކެވެ.
އާ އައިޑީކާޑު ޑިޒައިން ކުރުމަށް ނިންމާފައިވަނީ ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަން 2021 ފެބްރުއަރީ މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޒީރުންގެ މަޖިލީހުގައި ނިންމެވުމާއި ގުޅިގެންނެވެ.
މިހާރު ރާއްޖޭގައި ބޭނުން ކުރާ އައިޑީކާޑަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1984 ގައި ތައާރަފް ކުރި ކާޑެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
