
ނައިބު ރައީސް ފިޔޯރީގެ ކައުންސިލް މެންބަރުންނާއި ބައްދަލު ކުރައްވައިފި
ނައިބު ރައީސް ފިޔޯރީގެ ކައުންސިލް މެންބަރުންނާއި ބައްދަލު ކުރައްވައިފި
ލިޔުން:
ނައިބު ރައީސް ފައިސަލް ނަސީމް ގދ. ފިޔޯރީގެ ކައުންސިލް މެންބަރުންނާއި ބައްދަލް ކުރައްވައި ރައްޔިރުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން އެކައުންސިލް އާއި މަޝަވަރާ ކުރައްވައިފި އެވެ.
މިއަދު ހެނދުނު ބޭއްވެވި މި ބައްދަލްވުން ކުރިއަށްދިޔައީ ރައީސް އޮފީހުގަ އެވެ.
ރައީސް އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ފިޔޯރީ ކައުންސިލް މެންބަރުން ވަނީ އެރަށުގައި މިހާރު ކުރިމަތިވެފައިވާ ކަންކަމާ ބެހޭގޮތުން ނައިބު ރައީސް ގެ އަރިހުގައި ދަންވާފައެވެ. އެގޮތުން ވަނީ އެރަށު ސްކޫލް ގައި ދާދި ފަހުން ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ސަބަބުން ރަށުގެ ސްކޫލްގެ ކިޔެވުން ދެދަންފަޅިއަށް ބަދަލުކުރަން ޖެހުމުންނާއީ އެ ހާދިސާގެ ސަބަބުން ސްކޫލް ހިންގުމަށް މިހާރު ދިމާވެފައިވާ ދަރިތައް ފާހަގަ ކުރައްވާފައެވެ. އަދި މީގެ އިތުރުން އެބޭފުޅުން ވަނީ ރަށުގެ ސިއްހީ މަރުކަޒު ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތައް ނައިބު ރައީސް އަށް ހިއްސާކުރައްވާފައެވެ. މީގެ އިތުރުންވެސް ފިޔޯރީގެ ތަރައްގީއަށްޓަކައި ހިންގާ ބައެއް މަޝްރޫއުތައް ލަސްވަމުންދާތީ އެމަސައްކަތްތައް އަވަސް ކުރުމަށް ބޭނުންވާ ކަމުގައި ކައިންސިލްގެ މެންބަރުން ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން ފެނާ ނަރުދަމާގެ މަޝްރޫޢު އެބޭފުޅުން ފާހަގަކުރެއްވެވިއެވެ.
މި ބައްދަލުވުމުގަޮއި ރައީސްގެ ނައިބު ވަނީ އެއްވެސް ރަށެއް ބާކީ ނުކުރުމުގައި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު ފާހަގަކުރައްވާފައެވެ. އަދި މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާ އެކަންކަމަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
