ރައްޔިތުންގެ މަޖިލީހުގެ މުވައްޒިފުންނަށް ސައިން ލެންގުވެޖް ޓްރެއިނިންގ ޕްރޮގުރާމް އެއް ފައްޓައިފި

ރައްޔިތުންގެ މަޖިލީހުގެ މުވައްޒިފުންނަށް ސައިން ލެންގުވެޖް ޓްރެއިނިންގ ޕްރޮގުރާމް އެއް ފައްޓައިފި
ލިޔުން:
ރައްޔިތުންގެ މަޖިލީހުގެ މުވައްޒިފުންނަށް ސައިން ލެންގުވެޖް ޓްރެއިނިންގް ޕްރޮގުރާމެއް މިއަދު ފައްޓައިފިއެވެ.
10 ދުވަހަށް ދެމިގެން ދާ މި ޕްރުގުރާމް އަކީ ބޭސިކް ސައިން ލެންގުވެޖް މަޖިލީހުގެ މުވައްޒިފުންނަށް ދަސްކޮށްދިނުމަށް ބޭއްވޭ ޕްރުގުރާމް އެކެވެ.
މި ޕްރުގުރާމް ފައްޓަވައިދެވާ ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގެ އާބާދީގެ ދިހަ ވަރަކަށް ޕަސަންޓް ރައްޔިތުންނަކީ ނުކުޅެދުންތެރިކަން ހުންނަ ބޭފުޅުން ކަމަށާއި އަދި ރާއްޖޭގެ ހުރިހާ ރައްޔިތުން، ކުރާ ކޮންމެ މަސައްކަތެއްގައި ބައިވެރި ކުރުމަކީ އަމާޒަކަށް ވާންޖެހޭނެ ކަމަށެވެ. ނަޝީދު ގެ ވާހަކަފުޅުގައި ސައިން ލޭންގުއެޖުން ބޭނުން ކުރާނެ ގިނަބަޔަކު ތަމްރީން ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި މިބަހުރުވަ ކުރިއެރުވުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
މި ހަފުލާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ހަސަން ޒިއާއު ވިދާލުވީ އަޑު އެހުމުން މަހުރޫމް ވެފައިވާ ފަރާތްތަކަށް މަޖިލީހުގެ މަސައްކަތްތައް ހިންގަމުންދާ ގޮތް އެފަރާތްތަކަށް ވެސް އެގޭނެހެން މަސައްކަތް މިހާރުވެސް ކުރެވެމެން އަންނަ ކަމަށެވެ. އެގޮތުން މިހާރު މަޖިލީހުގެ ޖަލްސާތައް ގެނެސްދޭއިރު ސައިން ލޭންގުވެޖް އިން މީގެ 1 އަހަރު ކުރިންސުރެ ފެށިގެން ގެނެސްދޭކަން ޒިއާއު ފާހަގަ ކުރެއްވިއެވެ. ޒިއާއު ވިދާލުވީ ސައިން ލެންގުވެޖް ގެ މަސައްކަތް ފެއްޓުމުން އެގިގެން ދިޔައީ އެބަހުރުވަ ފަރިތަކަމާއެކު ދަންނަ މީހުން ވަރަށް މަދުކަމަށެވެ. މިޕްރުގުރާމް ހިންގުމުގެ އެންމެ ބޮޑު އެއްސަބަބަކީ އިށާރާތް ބަހުރުވަ ދަންނަ މީހުން މަދުމަކުން އެއަށް ބަދަލެއްގެންނަށް ކަމަށް ޒިއާއުގެ ވާހަކަފުޅުގައި ފާހަގަ ކޮށްލެއްވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
