ވޯލްޑް އެސޯސިއޭޝަން އޮފް ގަރލް ގައިޑްސް އަދި ގަރލް ސްކައުޓުންނަށް ދޭ އެންމެ މަތީ ޝަރަފް މެޑަމް ފަޒްނާއަށް އަރުވައިފި

ވޯލްޑް އެސޯސިއޭޝަން އޮފް ގަރލް ގައިޑްސް އަދި ގަރލް ސްކައުޓުންނަށް ދޭ އެންމެ މަތީ ޝަރަފް މެޑަމް ފަޒްނާއަށް އަރުވައިފި
ލިޔުން:
ވޯލްޑް އެސޯސިއޭޝަން އޮފް ގަރލްގައިޑްސް އެންޑް ގާރލް ސްކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަންއިން ގައުމުތަކުގައި ގާރލްގައިޑް ހަރަކާތް ކުރިއެރުވުމަށް މަސައްކަތްކުރައްވާ ވަކި ފަރުދުންނަށް ދެވޭ އެންމެމަތީ ޝަރަފުވެރި އެވޯޑު ޗީފް ގައިޑް އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދަށް އަރުވައިފިއެވެ.
އެކަމަނާއަށް މިއެވޯޑު އަރުވާފައި ވަނީ، މިއަދު ކަސްޓަމްސް ބިލްޑިންގ، މީރުބަހުރު މާލަމުގައި ބޭއްވި، މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަނުގެ 2022 ވަނަ އަހަރުގެ، އަހަރީ ޢާންމު ޖަލްސާގައެވެ.
މިއެވޯޑަކީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގަރލް ގައިޑް ހަރަކާތަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް އެކަމުގެ އަގުވަޒަންކުރައްވައި، އޭޝިއާ ޕެސިފިކް ރީޖަނަލް އެވޯޑުގެ އިންޑިވިޖުއަލް ކެޓަގަރީން އެކަމަނާއަށް އަރުވާފައިވާ އެވޯޑެކެވެ. މިއީ ރާއްޖޭގެ ފަރާތަކަށް މިއެވޯޑް އެރުވުނު ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން މިޖަލްސާގައި ވަނީ، ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ ކެޓަގަރީން، އޭޝިއާ ޕެސިފިކް ރީޖަން އެޕްރިސިއޭޝަން އެވޯޑް 5 ފަރާތަކަށް، އަދި އޭޝިއާ ޕެސިފިކް ރީޖަން އެޕްރިސިއޭޝަން އެވޯޑް 4 އޮގަނައިޒޭޝަނަކަށް ދެއްވާފައެވެ.
މި ޖަލްސާގައި ވޮރަންޓް ސެޓްފިކެޓް ލިބުނު ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ، ޗީފް ގައިޑް އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. މީގެ އިތުރުން މިޖަލްސާގައި، ކޮމިޝަނަރ ސެޓްފިކެޓާއި ޚިދުމަތުގެ އެވޯޑް އަދި ގަރލް ގައިޑް އެސޯސިއޭޝަންގެ އެޕްރިސިއޭޝަން އެވޯޑު ލިބުނު ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވީ، ޗީފް ކޮމިޝަނަރ ނިޢުމާތު ޝަފީޤެވެ.
މިޖަލްސާގައި، 5 އަހަރާއި 30 އަހަރާއި ދެމެދުގެ މުއްދަތެއްގައި ޚިދުމަތްކޮށްދެއްވާފައިވާ، 75 ފަރާތަކަށާއި، މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަންގެ އެޕްރިސިއޭޝަން އެވޯޑު ޙާސިލްކުރި 2 ފަރާތަކަށް ވަނީ އެވޯޑް ޙަވާލުކޮށްދެއްވާފައެވެ.
މިޖަލްސާގައި 2022 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި އަހަރީ ރިޕޯޓާއި ފައިނޭންޝަލް ރިޕޯޓް އިއްވައި ފާސްކުރުންވެސް އޮތެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
