މާލެ: 31°C

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ވޯޓުދިނުމުގައި ކުރިމަތިވާ ގޮންޖެހުންތަކާމެދު ކަންބޮޑުވުން ފާޅުކޮށްފި

March 1, 2023
2 ފަހަރު ބަލާފައި
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ވޯޓުދިނުމުގައި ކުރިމަތިވާ ގޮންޖެހުންތަކާމެދު ކަންބޮޑުވުން ފާޅުކޮށްފި
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ވޯޓުދިނުމުގައި ކުރިމަތިވާ ގޮންޖެހުންތަކާމެދު ކަންބޮޑުވުން ފާޅުކޮށްފި
އާންމު އިންތިޚާބުތަކުގައި ވޯޓުލުމުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުންނާ ބައްދަލުކޮށްފި އެވެ. ދާދި ފަހުން އެ އެސޯސިއޭޝަނުން ވަނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލުމުގައި ދިމާވާ ގޮންޖެހުންތައް ހިއްސާ ކުރުމަށް އީސީގެ މެމްބަރުންނާ ވެސް ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން އަމިއްލައަށް ވޯޓުލުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް އެ އެސޯސިއޭޝަންގެ ރައީސް އަލީ ޝަމީމް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ އެކަމާ ގުޅިގެން 2017 ވަނަ އަހަރުން ފެށިގެން އިލެކްޝަންސް ކޮމިޝަނާއެކު އެ އެސޯސިއޭޝަނުން މަޝްވަރާކޮށް، ކަންބޮޑުވުންތައް ހިއްސާ ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ މައްސަލަތައް ހައްލު ކުރަން މިފަހަރުގެ ބަޖެޓުގައި އުނދަގޫތަކެއް ހުރި ކަމަށް އިލެކްޝަނުން އިއުލާނު ކުރުމުން އެކަން ވަރަށް ބޮޑު ކަންބޮޑުވުމަކަށްވި ކަމަށް ޝަމީމް ވިދާޅުވިއެވެ. އޭގެއިތުރުން ޝަމީމް ވިދާޅުވީ ފެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ވަރަށް ގިނަ މީހުން ލައްވާ ގަދަކަމުން ވޯޓު ލެއްވުމަކީ ވެސް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. މިއަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓުލުން އޮންނާނީ 30 ސެޕްޓެމްބަރުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވެއެވެ. އަދި މި ރިޔާސީ އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވަނީ 90 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ