ލަންކާގެ ކަނޑުގެ ސަރަހައްދު އިންޑިއާގެ މަސްވެރިންނަށް ހުޅުވާލުމާ ދެކޮޅަށް ލަންކާގެ މަސްވެރިން ތެދުވެއްޖެ

ލަންކާގެ ކަނޑުގެ ސަރަހައްދު އިންޑިއާގެ މަސްވެރިންނަށް ހުޅުވާލުމާ ދެކޮޅަށް ލަންކާގެ މަސްވެރިން ތެދުވެއްޖެ
ލިޔުން:
ލަންކާގެ ކަނޑުގެ ސަރަހައްދު އިންޑިއާގެ މަސްވެރިންނަށް ހުޅުވާލުމާ ދެކޮޅަށް ލަންކާގެ މަސްވެރިން ތެދުވެއްޖެއެވެ.
ލަންކާ މަސްވެރިންގެ ޖަމިއްޔާގެ މަންދޫބުން ސަންޑޭ ޓައިމްސްއަށް ބުނީ ލައިސަންސް ނިޒާމެއްގެ ދަށުން ލަންކާގެ ކަނޑުގެ ސަރަހައްދުގައި ‘ކުދި އިންޑިއާގެ ދޯނިފަހަރަށް’ މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ލަންކާގެ ފިޝަރީޒް މިނިސްޓަރު އިންޑިއާ ސަރުކާރާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
މިކަން މިގޮތަށް ކޮށްފިނަމަ މިއީ އެމީހުންގެ ދިރިއުޅުމަށާއި ލަންކާގެ އިގްތިސާދަށް ސީދާ އަސަރެއް ކުރާނެ ކަމެއް ކަމަށާއި، އަދި މިއީ އިންޑިއާ އާއި ލަންކާ ވަކިކުރާ އައިއެމްބީއެލް (އިންޓަނޭޝަނަލް މެރިޓައިމް ބައުންޑަރީ ލައިން) އަށް މަލާމާތް ކުރާ ކަމަށެވެ. އަދި މީގެ ސަބަބުން ލައިސަންސް ދޫކުރުމުގައި އޮފިޝަލުންނާއި ސިޔާސީ ބޭފުޅުންގެ މެދުގައި ރިޝްވަތު ދިނުމާއި ކޮރަޕްޝަންގެ އަމަލުތައް ހިންގުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.
މިކަމާ ދެކޮޅަށް ލަންކާގެ މަސްވެރިން ދަނީ މުޒާހަރާ ކުރަމުންނެވެ. މި މުޒާހަރާތަކުގައި 8000 މަސްވެރިން ބައިބައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މިކަމާ ގުޅިގެން ލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީ ބުނީ މަސްވެރިކަމުގެ މައްސަލަ ހައްލުކުރުމަށް އިންޑިއާ ސަރުކާރާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
ލަންކާގެ ފިޝަރީޒް މިނިސްޓަރު ދޭވަންދާ ވިދާޅުވީ މިގޮތަށް ހުއްދަ ދިނުމަށް ހުށަހެޅުމަކީ އުތުރުގެ ކަނޑުތަކުން ބޮޓޮމް ޓްރޯލިން ހިންގުން ހުއްޓުވައި، ދެ ފަރާތުގެ މަސްވެރިންގެ މެދުގައި އޮތް ޓެންޝަން ކުޑަކުރުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
