އެމްޑަބްލިއުއެސްސީގެ ފްލެޓުތަކުގެ ތަޅުދަނޑި މުވައްޒަފުންނާ ހަވާލުކޮށްފި

އެމްޑަބްލިއުއެސްސީގެ ފްލެޓުތަކުގެ ތަޅުދަނޑި މުވައްޒަފުންނާ ހަވާލުކޮށްފި
ލިޔުން:
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އިމާރާތް ކުރި ފްލެޓުތައް ދޫކޮށް، ތަޅުދަނޑި ހަވާލުކޮށްފި އެވެ.
""މަލަސް ރެސިޑެންސް" ގެ ނަން ދީފައިވާ އެ ފްލެޓުތައް ހުންނަނީ ދެ ވަނަ ފިޔަވަހީގެ ސްޓެލްކޯ ފްލެޓުތަކުގެ ދެކުނުންނެވެ. އެތަނުގައި ޖުމްލަ 192 އެޕާޓްމަންޓު ހުރި އިރު އެއީ ތިން ކޮޓަރީގެ 60 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 40 އެޕާޓްމަންޓާއި އެއް ކޮޓަރީގެ 92 އެޕާޓްމަންޓެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފުލެޓްތައް އިފްތިތާހްކޮށްދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރުއެވެ. އެ ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި އެކުންފުނީގެ މެނޭޖްމަންޓް ޓީމާއި އަދި މުވައްޒަފުންގެ އިތުރުން މަޝްރޫއުގެ ކޮންޓްރެކްޓަރުގެ އޮފިޝަލުންވެސް ބައިވެރިވެފައިވެއެވެ.
"މަލަސް ރެސިޑެންސް" ގައި ކުޑަކުދިންނަށް ހާއްސަ ކުރެވިގެން ކުޅޭ އޭރިއާއަކާއި، ފިހާރައެއްގެ އިތުރުން، އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ޕާކް ކުރުމަށް އިމާރާތުގެ ދެފަރާތުން ޕާކިން ޒޯނެއްވެސް އޮވެ އެވެ.
ޗައިނާގެ ކުންފުންޏެއް ކަމަށްވާ ‘ދި ޓްވެޓްޓީ ތާޑް މެޓަލާންޖިކަލް ކޮންސްޓްރަކްޝަން ގުރޫޕް ކޯ ލ.ޓ.ޑ އޮފް މިނެމެޓަލްސް’ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ އެޅި އެ ފްލެޓްތައް ލިބުނު ފަރާތްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ލުއި ގޮތެއް ހެދުމުގެ ގޮތުން، އިސްލާމިކް ބޭންކް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
