ހއ.ދިއްދޫގައި ބޭއްވި އިމާމުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

ހއ.ދިއްދޫގައި ބޭއްވި އިމާމުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
ލިޔުން:
ހއ.ދިއްދޫގައި އިމާމުންނާއި ޚަތީބުންނަށް ބޭއްވި ތަމްރީނު ޕްރޮގްރާމް ވަނީ ނިންމާލާފަ އެވެ.
އެ ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ މި މަހުގެ 16 ވަނަ ދުވަހުން 19 ވަނަ ދުވަހަށް ހއ. ދިއްދޫގައެވެ. ހއ.އަތޮޅުގެ ރައްތަކުން ޖުމްލަ 48 އިމާމުންނާއި ޚަތީބުން މި ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ. އަދި މި ބައިވެރިންނަށް އުނގަންނާދެއްވާފައި ވަނީ މިދާއިރާގެ ފުންނާބު އުސް 3 ޢިލްމުވެރިންނާއި 3 ޤާރީން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ދިވެހިރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާ ފަރާތްތަކަށާއި ޢާއްމު ރައްޔިތުންނާއެކު ފަރުޟު ފަސްނަމާދު އިސްވެކުރައްވާ ފަރާތްތަކަށް އެފަރާތްތަކުގެ ޢިލްމާއި ހުނަރާއި އަދި ޤާބިލްކަން އިތުރުކުރުމަށް މައިގަނޑު މަގްސަދެއްގެ ގޮތުގައި އެ ތަމްރީނު ޕްރޮގްރާމް ބޭއްވިގެން ދިޔައެވެ. އެހެންކަމުން އެ ޕްރޮގްރާމަކީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެއް ކަމަށް ވާއިރު، މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް އޮތްތާގައި އެހެން އަތޮޅު ތަކުގައިވެސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އެ ޕްރޮގްރާމްގައި އެކުލެވިގެން ގޮސްފައިވާ ބައިތަކުގެ ތެރޭގައި ނަމާދުގެ ޙުކުމްތަކާއި، ޚިލާފީ މައްސަލަތަކުގައި ޢަމަލުކުރާނެގޮތާއި، މަސައްކަތުގެ އަޚްލާޤާއި، އެހެން މީހުންނާއި މުޢާމަލާތްކުރުން ފަދަ މައުޟޫޢުތަކާއި ތަޖުވީދުގެ އިތުރުން ޚުޠުބާ ހުށަހެޅުމުގައި ވިސްނަންވީ ކަންކަން ހިމެނެއެވެ. އަދި އިމާމުންނާއި ގުޅޭ ސިވިލް ސާވިސްގެ ޤަވާޢިދާ އުސޫލުތަކާއި ހުކުރު ޤަވާޢިދާ އުސޫލުތަށްް ވަނީ ކިޔައިދެވިފައެވެ. އޭގެ އިތުރުން އިމާމުންނާއި ޚަތީބުންގެ މައްސޫލިއްޔަތުތައް އިތުރަށް ހަރުދަނާ ކުރުމާއި، އެ ބޭފުޅުން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކުރެވޭ ކުއްތަށް ބަޔާންކޮށްދީ އެކަންކަން ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން ވެސް ކިޔައިދެވިފައިވާނެ ކަން އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ . އަޙްމަދު ޒާހިރު ޢަލީ ވަނީ އެ ޕްރޮގްރާމް ނިންމާލުމަށްފަހު ބައިވެރިންނަށް ސެޓްފިކެޓް ޙަވާލު ކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
