
ޕީޖީ އޮފީހުގެ މުހިއްމު މެސެޖެއް: ކުލީގެ މުއާމަލާތްތަކުގައި ވަކީލެއްގެ އެހީ ހޯދާ
ޕީޖީ އޮފީހުގެ މުހިއްމު މެސެޖެއް: ކުލީގެ މުއާމަލާތްތަކުގައި ވަކީލެއްގެ އެހީ ހޯދާ
ލިޔުން:
ތަންތަން ކުއްޔަށް ދިނުމުގެ ނަމުގައި އޮޅުވާލައިގެން ބޮޑެތި އަދަދުތަކުން ފައިސާ ހޯދާ މައްސަަލަތައް ގިނަ ވެފައިވާތީ އެކަމަށް ސަމާލުވާން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިއްޖެ އެވެ.
ކުލީގެ މުއާމަލާތްތަކުގައި ހިންގާ އޮޅުވައިލުންތަކަށް މީހުން ހޭލުންތެރިކުރުވަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީހުން) އިއްޔެ ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓެއްގައި ބުނީ ގިނަ ފައިސާ އެކުލެވޭ މުއާމަލާތްތައް ހިންގުމުގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުން މުހިއްމު ކަމަށެވެ. އެއާ އެކު ތަންތަން ކުއްޔަށް ހިފުމުގައި ސަމާލުވާންވީ ބައެއް ކަންތައްތައް ޓްވީޓްގައި ހިމަނާފައި ވެ އެވެ.
[embed]https://twitter.com/PGO_MV/status/1626955486552551426?s=20[/embed]
އެއް ކަަމަކީ ތަނެއް ކުއްޔަށް ދޫކުރާ މީހާ އަކީ ހަގީގަތުގައި ވެސް އެމީހާ އެ ބުނާ މުއްދަތަށް އެތަނެއް ކުއްޔަށް ދެވޭނެ މީހެއްކަން ކަށަވަރު ކުރުމެވެ. އަދި އެފަދަ މުއާމަލާތަކާ ދޭތެރޭ ޝައްކެއް އުފެދޭ ހާލަތްތަކުގައި އެ ގެއެއްގެ ހަގީގީ ވެރިފަރާތާ ބައްދަލު ކުރުމަކީ ވެސް ޕީޖީ އޮފީހުން ބުނި ގޮތުގައި އެޅިދާނެ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ. ސަމާލުވާންވީ އަނެއް ކަމަކީ އެފަދަ މުއާމަލާތްތަކުގައި ބޭނުންކުރާ އެންމެހައި ލިޔެކިއުންތައް ރައްކާތެރިކޮށް ބެލެހެއްޓުމެވެ.
ގެދޮރު ކުއްޔަށް ދިނުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މިސާލެއް ޕީޖީ އޮފީހުގެ ޓްވީޓްގައި ހިމަނާފައި ވެ އެވެ. އެ މިސާލުގައިވާ އޮތީ އަށް މީހަކަށް އޮޅުވާލައިގެން އެޕާޓްމަންޓްތައް ކުއްޔަށް ދޭނެ ކަމަށް ބުނެ ފަސް މިލިޔަން ރުފިޔާ ހޯދި މީހެއްގެ ވާހަކަ އެކެވެ. އެ މިސާލުގައިވާ ގޮތުން، ތަންތަން ކުއްޔަށް ދިނުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދާ މީހުން ކުރާ ކަމަކީ، ތަނެއް ކުއްޔަށް ހިފުމަށް ހަދާ ސައްހަ އެއްބަސްވުންތަކަށް ބަދަލު ގެނެސް، އެއިން "ފޭކް އެއްބަސްވުންތައް" އުފެއްދުމެވެ.
އެގޮތުން އުފައްދަނީ އެތަނެއް ދިގު މުއްދަތަށް ކުއްޔަށް ހިފާފައިވާ ކަމަށް މީހުންނަށް ދައްކައިދޭ އެއްބަސްވުންތަކެކެވެ. އަދި އެއަށް ފަހު ތަންތަން ކުއްޔަށް ހިފަން ބޭނުންވާ މީހުންނަށް، އެތަނެއް ދިގު މުއްދަތަށް ދޫކުރާ ކަމަށް އެއްބަސްވުން ހަދައި، އެއާ ގުޅުވައި ގިނަ އަދަދެއްގެ ފައިސާ އެމީހުންގެ އަތުން ހޯދަނީ އެވެ.
ޕީޖީ އޮފީހުގެ ޕޯސްޓްގައި ބުނެދީފައި އޮތީ އެފަދަ މީހުންގެ މަޅީގައި ނުޖެހި ސަލާމަތްވާން ކަންަތައް ކުރަންވީ ގޮތްތަކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
