
މީދާ ގިނަވެ، ބްރޯޑްކޮމް ބަންދުކުރަން ޖެހިއްޖެ
މީދާ ގިނަވެ، ބްރޯޑްކޮމް ބަންދުކުރަން ޖެހިއްޖެ
ލިޔުން:
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ އިދާރާގައި މީދާ ގިނަވެ، މަސައްކަތަށް ބުރޫ އަރާތީ، އެ ކަން ހައްލުކުރުމުގެ މަސައްކަތަށް، އެ އިދާރާ މިއަދު ބަންދުކޮށްފި އެވެ.
ބްރޯޑްކޮމް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަން ހިންގަމުން އަންނަ ގ. ބިއްލޫރިޖެހިގޭގައި މީދާ ގިނަވެ، މަސައްކަތަށް ބުރޫ އަރާތީ "ޕެސްޓް ކޮންޓްރޯލް މަސައްކަތް" ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެ މަސައްކަތް ކުރަން ހަމަޖެހިފައި ވަނީ 16 ފެބްރުއަރީ (މިއަދު) ކަމަށާއި އެހެންވެ، މިއަދު އޮފީސް ހުޅުވައިގެން އެއްވެސް ހިދުމަތެއް ދޭން ހަމަޖެހިފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ބްރޯޑްކޮމްގެ އެއްވެސް ހިދުމަތެއް މިއަދު ހޯދާން އެދޭ ފަރާތްތަކުން ކޮމިޝަނުގެ ހޮޓްލައިން 7983353 އަށް ގުޅަން އެދޭ ކަމަށާއި ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ވެސް ކޮމިޝަނުގެ ބަޔާނުގައި ބުންޏެވެ.
ބްރޯޑްކޮމްގެ އިދާރާ ހިންގަމުން އަންނަ ގ. ބިއްލޫރިޖެހި ގެއަކީ ވަރަށް ކުރީގެ އިމާރާތެކެވެ. އެތަނުގައި ކުރިން ހިންގި ތަންތަނުގެ ތެރޭގައި ގައުމީ ކުތުބުޚާނާއާއި މާލޭ ސިޓީ ކައުންސިލްގެ އިދާރާ ހިމެނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
