
މާލޭގެ ފަގީރުންގެ ދަފުތަރަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
މާލޭގެ ފަގީރުންގެ ދަފުތަރަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
ލިޔުން:
މާލެ ސަރަހައްދުގެ ފަގީރުންގެ ދަފުތަރުގައި ޖެހެން ނަންނޯޓްކޮށްފައިވާ ފަރާތްތަަކުގެ ތެރެއިން އެ ދަފުތަރުގައި ނަން ނެތިގެން، އެކަމުގެ ޝަކުވާއެއް ހުށަހަޅަން އެދޭ ފަރާތަތަކަށް އެ ފުރުސަތު ހުޅާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީ ވާން ، 22 ޑިސެމްބަރު ، 2022 އިން 19 ޖެނުއަރީ 2013 އަށް ފޯމު ހުށަހެޅި ފަރާތްތަކަށް މިހާރު ޖަވާބު މެސެޖްކޮށްފައި ކަމަށެވެ. ފަގީރުންގެ ދަފުތަރުގައި ނަން ނެތިގެން ޝަކުވާ ހުށަހަޅަން އެދޭ ފަރާތްތަކަށް އެ ފުރުސަތު އޮންނާނީ މިހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް (16 ފެބްރުއަރީ އާ ހަމައަށް) ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
ޝަކުވާ ހުށަހަޅަން ދީފައިވާ މުއްދަތުގެ ފަހުން އެއްވެސް ޝަކުވާއެއް ބަލައިނުގަންނާނެ ކަަމަށް ވެސް އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ. އެ އިއުލާނުގައިވާ ގޮތުން ޝަކުވާ ހުށަހެޅޭނީ ދެ ގޮތަކަށެވެ. އެއްގޮތަކީ މިނިސްޓްރީގެ ކައުންޓަރަށް، (ލިއުމުން) ހުށަހެޅުމެވެ. އަނެއް ގޮތަކީ އީމެއިލް މެދުވެރިކޮށް ހުށަހެޅުމެވެ.
އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހަޅާ ނަމަ ސަބްޖެކްޓް ފޯމްގައި ، ޝަކުވާ ހުށަހަޅާ މީހާގެ ނަމާއި އައިޑީކާޑް ނަމްބަރު ޖަހަން ޖެހޭނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
