މާލެ: 31°C

މިއުޒިޝަންސް ޔުނިއަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި

January 30, 2023
2 ފަހަރު ބަލާފައި
މިއުޒިޝަންސް ޔުނިއަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި
މިއުޒިޝަންސް ޔުނިއަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި
މިއުޒިޝަންސް ޔުނިއަން އޮފް މޯލްޑިވްސް ( އެމް. ޔޫ. އެމް )ގެ ހިންގާ ކޮމެޓީ އަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ. އެމްޔޫއެމް އިން ބުނީ ހިންގާ ކޮމެޓީއަށް ޝައުގުވެރިވާ ޔުނިއަންގެ މެމްބަރުން 31 ޖަނަވަރީ 2023 ގެ ކުރިން ނަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ޔުނިއަންގެ ފުރަތަމަ ހިންގާ ކޮމެޓީގެ  ދެ އަހަރު ދުވަހުގެ ދައުރު 29 ނޮވެމްބަރ 2022 ވަނަ ދުވަހު ވަނީ  ނިމުމަކަށް އައިސްފައެވެ. އެކަމާ ގުޅިގެން މީގެ ކުރިން 26 އޮކްޓޫބަރ  2022 ވަނަ ދުވަހު ވަނީ ނޫސް ބަޔާނެއްގެ ޒަރިއްޔާއިން ނޮވެމްބަރ މަހުގެ ފަހުކޮޅުގަ އިންތިހާބު ބާއްވާނެ ކަމަށް އިއުލާން ކުރިއެވެ. އެހެންނަމަވެސް ހިންގާ ކޮމެޓީގެ މަގާމުތަކަށް ކުރިމަތިލުމަށް އެކަށީގެން ވާ އަދަދަށް ނަންތައް ލިބިފައި ނުވާ ކަމަށް އެމް.ޔޫ.އެމް އިން ބުނެއެވެ. އެހެން ކަމުން ހުރިހާމަގާމެއް އަދިވެސް ހުރީ ހުސްކޮށެވެ. އަދި ހިންގާ ކޮމެޓީއެއް އިންތިހާބު ކުރުމަކީ ޔޫނިއަން ހިނގުމަށް ވަރަށް ކަމެއްކަމަށް ވެސް  އެމް.ޔޫ.އެމުން ވަނީ ބުނެފަ އެވެ. ޔުނިއަން ކޮމެޓީގެ ހިމެނޭ މަގާމްތަކަކީ
  1. ރައީސް
  2. ނަޢިބް ރައީސް
  3. ޙަޒާންދާރު
  4. އަމީން ޢަމުން
  5. ޕަބްލިކް ރިލޭޝަން ޑައިރެކްޓް
ޔުނިއަން ގެ ހިންގާ ކޮމެޓީގެ އިންތިހާބު ގައި ވާދަކުރަން ބޭނުންވާ ފަރާތް ތަކަށް އީމެއިލް މެދުވެރި ކޮށް ނުވަތަ ލިންކް މެދުވެރި ކޮށް ވެސް ނަންތައް ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އެގޮތުނަ މެމްބަރުންގެ ނަމާއި ވާދަކުރަން ބޭނުންވާ މަގާމުގެ ތަފްސީލް ބަޔާންކޮށް 31 ޖެނުއަރީ 2023 ގެ ކުރިން ހުށާހެޅުމަށް ވަނީ އެދިފައެވެ. ހިންގާ ކޮމެޓީގެ ނަންތައް ލިބުނުހާ އަވަހަކަށް ޔޫނިއަންގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހެއް އިއުލާނުކޮށް ވީއެންމެ އަވަސް ފުރުސަތެއްގައި އިންތިހާބެއް އިންތިޒާމް ކުރެވިގެން ދާނެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ