
ހުރަވީ ސްކޫލުގެ ދަރިވަރުން، "އިވެކުއޭޝަން ޑްރިލް" އަށް އަހުލުވެރިކުރުމަށް ސެޝަނެއް ކުރިއަށް ގެންގޮސްފި
ހުރަވީ ސްކޫލުގެ ދަރިވަރުން، "އިވެކުއޭޝަން ޑްރިލް" އަށް އަހުލުވެރިކުރުމަށް ސެޝަނެއް ކުރިއަށް ގެންގޮސްފި
ލިޔުން:
ހުރަވީ ސްކޫލުގެ ދަރިވަރުން، "އިވެކުއޭޝަން ޑްރިލް" އަށް އަހުލުވެރިކުރުމަށް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ޖަނަވަރީ 29 ވަނަ ދުވަހުގެ ހެނދުނު ހުރަވީ ސްކޫލުގައި ހިންގި އެ ސެޝަންގައި އެ ސްކޫލުގެ ގްރޭޑް 9,8,7 އަދި 10 ގައި ތަޢުލީމު ހާސިލު ކުރަމުންދާ 735 ދަރިވަރުން ބައިވެރިވިއެވެ.
އެ ސެޝަންގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިންނެވެ.
އެ ސެޝަންގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، ފަޔަރ އެކްސްޓިންގުއިޝަރ އަދި ފަޔަރ ބްލޭންކެޓާ ބެހޭ މަޢުލޫމާތު ހިމެނެއެވެ. އަދި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އިވެކުއޭޓް ކުރުމުގައި އަމަލުކުރާގޮތާއި، ދަރިވަރުން ސަލާމަތާއި ރައްކާތެރިކާމާއެކު އެފަދަ ހާލަތްތަކުގައި އަމަލުކުރަން ޖެހޭގޮތް ވެސް ވަނީ ދަރިވަރުންނަށް ކިޔައިދީފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
