އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޖައިޝަންކަރު ރާއްޖެއަށް ވަޑައިގެންފި

އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޖައިޝަންކަރު ރާއްޖެއަށް ވަޑައިގެންފި
ލިޔުން:
އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޑރ.ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެއަށް ވަޑައިގެންފި އެވެ.
ޖައިޝަންކަރު މިއަދު ރާއްޖެއަށް ވަޑައިގެންނެވުމުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު ޝާހިދާއި ނ.އަތޮޅު ކައުންސިލްގެ ރައީސާއި މާފަރު ކައުންސިލުގެ މެމްބަރުންނެވެ. މާފަރުން ޖައިޝަންކަރު ވަޑައިގެންނެވީ ނ. އަތޮޅުގެ ވެރިކަން ކުރާ ރަށް މަނަދު އަށެވެ. އެރަށުން އޭނާއަށް ހޫނު މަރުހަބާއެއް ކި އެވެ.
[embed]https://twitter.com/MoFAmv/status/1615612484928561152?s=20&t=2R3AJmJ6_HWVMMB1cXEqQw[/embed]
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އޭނާގެ މި ދަތުރުފުޅުގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެ މަޝްރޫއަކީ އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއަކުން ހިންގާ މަޝްރޫއެކެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ށ.ފޯކައިދޫގައި ހެދި ކޮމިޔުނިޓީ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް ޖައިޝަންކަރު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އޭނާގެ މި ދަތުރުފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާނެ އެވެ. ފޮރިން މިނިސްޓަރު ޝާހިދާ ވެސް އޭނާ ބައްދަލުކުރައްވާނެ އެވެ.
އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރުގެ ހައިސިއްޔަތުން ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި މިއީ ހަތަރުވަނަ ދަތުރުފުޅެވެ. އޭގެ ކުރިން އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މަގާމުގައި ހުންނެވި އިރު ވެސް އޭނާ އެތައް ފަހަރަކު ރާއްޖެއަށް ވަޑައިގެންނެވި އެވެ. އޭނާ އެންމެ ފަހުން ރާއްޖެއަށް ވަޑައިގެންނެވީ މިދިޔަ އަހަރު މާޗުމަހު އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
