ޔާމީނުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް ކޯޓުން ދޫކޮށްފި

ޔާމީނުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް ކޯޓުން ދޫކޮށްފި
ލިޔުން:
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު،މަހުޟަރު ބަޔާންތަކާ އެކު އެމަނިކުފާނުގެ ވަކީލުންނަށް ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްފި އެވެ.
ރިޝްވަތު ހިފުމުގެ ކުށާއި މަނީލޯންޑާ ކުރުމުގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރުމަހުގެ 25 ގަ އެވެ. ޔާމީނަށް ކުރި އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށް އެމަނިކުފާނުގެ ވަކީލުން ހަމަ އެ ދުވަހު ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ހުކުމް އިސްތިއުނާފު ނުކުރެވި އޮތީ މަހުޞަރު ބަޔާންތަކާއި އެކު ފުރިހަަމަ ރިޕޯޓް ނުލިބޭތީ ކަމަށް ޔާމީނުގެ ވަކީލުން ދާދި ފަހުން ވިދާޅުވި އެވެ.
އެމަނިކުފާނުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އެންމެ ފަހުން ރިޕޯޓް ލިބިއްޖެ" ކަމަށާއި ކުރިއަށް އޮތީ ބުރަ ދުވަސްތަކެއް ކަމަށެވެ.
ޔާމީނުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް ލިބުން ލަސްވާތީ އިދިކޮޅު ޕީޕީއެމްޕީއެންސީގެ ލީޑަރުން މީގެ ކުރިން ވަނީ ކްރިމިނަލް ކޯޓަށް ވެސް އެއްދުވަހު ވަޑައިގެންފަ އެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަން އެޕާޓީން ވަނީ ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް އަރުވަައިފަ އެވެ. އެހެން ނަމަވެސް އިންތިހާބުގައި އެމަނިކުފާނަށް ވާދަ،ކުރެއްވޭނީ މިހާރު އިއްވާފައިވާ ހުކުމް ބާތިލުކޮށްފި ނަމަ އެވެ. ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް "،މިނިވަން" އަށް ކުރިން ވިދާޅުވެފައިވާ ގޮތުގައި ޔާމީނުގެ ހުކުމް އިސްތިއުނާފުކުރުން ލަސްވާތީ އެމަނިކުފާނުގެ ސަޕޯޓަރުން ދަނީ އެކަމުގެ ޝަކުވާ ޕީޕީއެމްގެ ލީޑަޝިޕަށް އުފުލަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
