"މާތްﷲ ކަން ހިންގަވާ ގޮތަށް ބަލާއިރު، އަނިޔާވެރިން މަޑުމަޑު ހަލާކުގެ ތެރެއަށް ވައްޓަވައިލެއްވުން ވެއެވެ. އަނިޔާވެރިންނަށް ﷲ ދެއްވާ އުގޫބާތުން ސަލާމަތެއް ނުވެވޭނެއެވެ. މިއުގޫބާތް ދުނިޔޭގައިވެސް ލިބިދާނެއެވެ. އަދި އާޚިރަތުގައިވެސް ލިބިދާނެއެވެ. މި އުގޫބާތް ދެދުނިޔޭގައިވެސް ލިބިދާނެއެވެ." ހުކުރު ޚުޡތުބާގައި ވިދާޅުވެފައި ވެއެވެ.މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެފައިވަނީ ދުނިޔެއަކީ ޖަޒާ ދެއްވުމުގެ ގޮވައްޗެއް ނޫންކަމުގައެވެ. އަދި ޖަޒާ ދެއްވުމުގެ ގޮވައްޗަކީ އާޚިރަތް ދުވަސްކަން ބަޔާން ކުރައްވަމުން ޚުޡުބާގައި ވިދާޅުވެފައިވާ ގޮތުގައި ބައެއް ފަހަރަށް އަނިޔާވެރިންނަަށް މުހުލަތު ދެއްވަނީ އެމީހުން އެ އަނިޔާވެރިކަމުގައި އިތުރަށް ކުރިޔަށް ދިއުމަށްޓަކަައެވެ. އެއީ އެމީހަކު އުޅޭ ތަނެއްގެ، ނުވަތަ ރަށެއްގެ ނުވަތަ ގައުމެއްގެ މީހުންނަށް އެކަން ފެނި އެނގިދެނި ވުމަށްޓަކައެވެ. އެމީހަކާ ދެކޮޅަށް އާޚިރަތްދުވަހު ހިސާބު ބެލެވޭއިރު، ހެކިވެރިންގެ ގޮތުގައި ތިބުމަށްޓަކައެވެ.

އަނިޔާވެރިން ކުރާ އަނިޔާތައް ދިގުލައިގެން ދިޔަޔަސް، އަނިޔާ ލިބޭ މީހުން މާޔޫސް ނުވޭ: ޚުތުބާ
އަނިޔާވެރިން ކުރާ އަނިޔާތައް ދިގުލައިގެން ދިޔަޔަސް، އަނިޔާ ލިބޭ މީހުން މާޔޫސް ނުވޭ: ޚުތުބާ
ލިޔުން:
އަނިޔާވެރިން ކުރާ އަނިޔާތައް ދިގުލައިގެން ދިޔަޔަސް، އަނިޔާ ލިބޭ މީހުން މާޔޫސް ނުވުމަށް މިއަދު ހުކުރު ޚުޡުބާގައި ގޮވާލައްވައިފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮއްފައިވަނީ "އަނިޔާވެރިންނަށް މާތްالله މުހުލަތެއް ދެއްވައެވެ." މި މައުލޫއަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
