ބިލެއްފަހީ އެއާޕޯޓުގެ މަސައްކަތް ލަސްތަކެއް ނުވެ ކުރިއަށްދާނެ: ރައީސް ސޯލިހު

ބިލެއްފަހީ އެއާޕޯޓުގެ މަސައްކަތް ލަސްތަކެއް ނުވެ ކުރިއަށްދާނެ: ރައީސް ސޯލިހު
ލިޔުން:
ބިލެއްފަހީ އެއާޕޯޓުގެ މަސައްކަތް ލަސްތަކެއް ނުވެ ކުރިއަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެ ް ބިދާޅުވީ، ށ ބިލެތްފަހި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ށ. ބިލެތްފަހި ކައުންސިލުންވަނީ އެ ރަށުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އަދި ކައުންސިލުންވަނީ ބިލެއްފައްސައް ކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަންކަމުގެ ތެރެއިން 95 އިންސައްތަކަންކަމުގެ މަސައްކަތް ހިނގަމުންދާކަން ފާހަގަކުރައްވާފައެވެ.
ބިލެތްފަހީގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުން މިވަގުތު އެންމެ ބޭނުންވާ ކަންކަން ފާހަގަކުރައްވަމުން ކައުންސިލުން ވަނީ ބިލެތްފަހީގެ ބަނދަރު މަޝްރޫޢު ކުރިއަށްދާއިރު އެމަޝްރޫޢުގެ ތެރެއިން ރައްޔިތުން ކުރަން ބޭނުންވާކަންކަން ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން ރަށުގެ ލަފާފުރުމުގައި ހުރި ދަތިތައް ފާހަގަކުރައްވާ ނެރުގެ މައްސަލަ ޙައްލުކޮށްދެއްވުމަށާއި، ދޯނި އެހެލުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވެވިއެވެ. އަދި ހަމަ އެއާއެކު ކައުންސިލުންވަނީ ރަށުގެ ޒުވާނުންނަށް ޚާއްޞަ ޒުވާނުންގެ މަރުކަޒެއް ބޭނުންވާކަމަށާއި، ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ވަޞީލަތްތައް އިތުރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ. މީގެ އިތުރުން ކައުންސިލުންވަނީ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ބޭނުންވާކަމަށާއި، ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ބޭނުންވާކަމަށާއި، އެއާޕޯޓުގެ މަސައްކަތް އަވަހަށް ފެށުމަށް ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު ރަށުގެ ކުނިކޮށީގެ މަސައްކަތް ނުފެށި ލަސްވަމުންދާތީ އެކަމުގައި ހުރި ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވާފައެވެ.
މިއަދުގެ ބައްދަލުވުމުގައި ބިލެތްފަހީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ އެކޮމެޓީގެ މަސައްކަތް ކުރުމަށް ބޭނުންވާ ބަޖެޓް ނެތުމާއި، އެކޮމެޓީގެ މަސައްކަތްތައް ކުރުމަށް އެކަށީގެންވާ ޖާގައެއްނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުން އަންހެނުންނަށް ޚާއްޞަ އިންޑޯ ޖިމެއް ބޭނުންވާކަމުގައި އ.ތ.މ. ކޮމިޓީއިން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުންވެސް މި ބައްދަލުކުރެއްވުމުގައި ކަނޑިތީމު ދާއިރާއަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކާއި އެ ދާއިރާގެ ރައްޔިތުން ބޭނުންވާ ބައެއް ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ބިލެތްފަހި ކައުންސިލުން ފާހަގަކުރެއްވިކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމަނާފައިވާ ކަންކަން ކުރިއަށްގެންދިއުމަށް މަސައްކަތްކުރައްވާނެކަމުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އެއާޕޯޓުގެ މަސައްކަތް ލަސްތަކެއް ނުވެ ކުރިއަށްދާނެކަމަށާއި، އ.ތ.މ. ކޮމިޓީން ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުންވެސް ބަނދަރު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށްގެންދެވެން ހުރި ކަންކަން އެކަމާއި ގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައި ސާވޭކުރުމަށްފަހު ބައްލަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
