މާލެ: 31°C

ޒަޚަމްތަކެއް ލިބުނު މަސްވެރިއަކަށް، ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

November 6, 2022
2 ފަހަރު ބަލާފައި
ޒަޚަމްތަކެއް ލިބުނު މަސްވެރިއަކަށް، ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި
ޒަޚަމްތަކެއް ލިބުނު މަސްވެރިއަކަށް، ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

މ.މުލަކު ބޮއި ކައިރިން މަސްވެރިކަމަށް ނުކުމެ އުޅުނު "ނިޒަމް" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ހުރި 21 އަހަރުގެ މަސްވެރިއެއް ވެއްޓި ޒަޚަމްތަކެއް ލިބުމާ ގުޅިގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއަށް ލިބުމުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއިން އެ ދޯނި އޮތް ސަރަހައްދަށް ގޮސް، ޒަޚަމް ލިބިފައިއޮތް މީހާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އެމްއެންޑީއެފް "ސީ އެމްބިއުލާންސް"  އުޅަނދަށް އެ މީހާ ނެގުމަށްފަހު، ވަނީ މ.މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.

ކަނޑުމަތީގައި ދިމާވާ މިފަދަ ހާދިސާތަކުގައި ކޯސްޓްގާރޑުގެ އެހީތެރިކަން ވަރަށް ފުރިހަމައަށް ލިބެމުން އަންނަކަމަށް މަސްވެރިން ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ