ކޮޕް 27 ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ނައިބްރައީސް މިޞްރަށް ވަޑައިގެންފި

ކޮޕް 27 ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ނައިބްރައީސް މިޞްރަށް ވަޑައިގެންފި
ލިޔުން:
އ.ދ.ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް ( ކޮޕް 27) ގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިޞްރުގެ ޝަރްމުއްޝައިޚަށް މިއަދު ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.
އ.ދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސްގައި ހިމެނެނީ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް27) ގެ 27 ވަނަ ސެޝަނާއި ކިޔޯޓޯ ޕްރޮޓޮކޯލް (ސީއެމްޕީ17) ގެ ބައިވެރިންގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 17 ވަނަ ސެޝަނާއި ޕެރިސް އެގްރީމެންޓް (ސީއެމްއޭ4) ގެ ބައިވެރިންގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ ހަތަރު ވަނަ ސެޝަނެވެ.
ކޮންފަރެންސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ނޮވެމްބަރު 6، 2022 ވާ އާދީއްތަ ދުވަހު ޝަރްމުއްޝެއިޚް އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ.
ކޮޕް27 އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންތައް ބައިނަލްއަޤްވާމީ މުޖްތަމަޢުއާ ޙިއްޞާކުރުމަށް ރާއްޖެއަށް ފަހިވެގެންދާ މުހިންމު ފުރުޞަތެކެވެ. މި ކޮންފަރެންސްގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މި ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު ރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވެއެވެ.
ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ (ސިޑްސް) ޙައްޤުގައާއި އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަކާލާތުކުރައްވަމުން އަންނަ ކަންކަމާއި އެއްގޮތްވާގޮތުގެ މަތިން އެމަނިކުފާނު 2019 ވަނަ އަހަރު ވަނީ ދިވެހިރާއްޖެއިން 2030 އާ ހަމައަށް އަންނަ އިރު ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލު ކުރުމަށް އަމާޒުހިފާފައިވާކަން އިޢުލާނުކުރައްވާފައެވެ. މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ވިލުންތެރިކަން އިތުރުކުރުމުގައި ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކަށް ކުރިމަތިވާ މާލީދަތިތަކަށް ޚާއްޞަ ސަމާލުކަމެއްދީގެން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށް ރާއްޖެއިން ވަނީ ގިނަޤައުމުތައް އެކުވެގެން އުފައްދާފައިވާ މުއައްސަސާތަކުގައި ބައިވެރިވުމުން ފެށިގެން ޤައުމީ ފެންވަރުގެ ޙަރަކާތްތައް ހިންގައި މިރޮނގުން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
