މާލެ: 31°C

ސަރުކާރުގެ އަމާޒަކީ ހުރިހާ ފަންތިއެއްގެ މީހުންނަށްވެސް ގަނެވޭ ފެންވަރުގެ ފުލެޓްތައް ގާއިމުކުރުން: ހައުސިން މިނިސްޓްރީ

November 1, 2022
2 ފަހަރު ބަލާފައި
ސަރުކާރުގެ އަމާޒަކީ ހުރިހާ ފަންތިއެއްގެ މީހުންނަށްވެސް ގަނެވޭ ފެންވަރުގެ ފުލެޓްތައް ގާއިމުކުރުން: ހައުސިން މިނިސްޓްރީ
ސަރުކާރުގެ އަމާޒަކީ ހުރިހާ ފަންތިއެއްގެ މީހުންނަށްވެސް ގަނެވޭ ފެންވަރުގެ ފުލެޓްތައް ގާއިމުކުރުން: ހައުސިން މިނިސްޓްރީ
ސަރުކާރުގެ އަމާޒަކީ ހުރިހާ ފަންތިއެއްގެ މީހުންނަށްވެސް ގަނެވޭ ފެންވަރުގެ ތަންތަން ގާއިމުކުރުން ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮއްފިއެވެ. މާލެ ސަރަހައްދުގައި މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ ބައެއް މަސައްކަތްތައް ނޫސްވެރިންނަށް ދައްކާލުމަށްފަހު ހައުސިން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުހައްމަދު އާރިފް ވިދާޅުވީ، މާލޭސިޓީގެ ބޯހިޔާވަހިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން މިވަގުތު 54 ޓަވަރުގެ މަސައްކަތް ސަރުކާރުން އެވޯޑުކޯށްގެން ކުރިއަށްދާ ކަމަށެވެ. އަދި މިއިން ކޮންމެ ޓަވަރެއްގައި 100 އަށްވުރެ ގިނަ ހައުސިން ޔުނިޓު ހުންނާނެ ކަމަށް އާރިފް ވިދާޅުވިއެވެ. އާރިފް ވިދާޅުވީ މި ދައުރު ނިމުމުގެ ކުރިން ބައެއް ޓަވަރުތަކުގެ މަސައްކަތް ނިމޭނެ ކަމަށާއި އަންނަ އަހަރުގެ މެއި މަހާ ހަމައަށް ދާއިރު ބައެއް ޓަވަރުތަކަށް މީހުންނަށް ވަދެވޭނެ ކަމުގެ ޔަގީންކަން ކޮންޓްރެކްޓަރުން ދީފައިވާކަމަށެވެ. އަދި 2024 ގެ ތެރޭގައި މި މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެކަމަށް ކޮންޓްރެކްޓަރުންނާ ހަވާލާދީ އާރިފް ވިދާޅުވިއެވެ. 
"ޔަގީން، ހަމަގައިމު ވެސް އަޅުގަނޑުމެން އަންނަ އަހަރު މެއި މަހާ ހިސާބަށް ދާއިރު މީގެ ތެރެއިން ބައެއް ޓަވަރުތަކަށް މީހުން ވެއްދޭނެ. އަޅުގަނޑުމެންނަށް ކޮންޓްރެކްޓަރުން އެ ވަރުގެ ޔަގީންކަން ދެއްވާ،" އާރިފް ވިދާޅުވި އެވެ.
އާރިފް ވިދާޅުވީ މާލެ ސަރަހައްދުގައި ނޫނަސް އަތޮޅުތެރޭގައިވެސް މި ސަރުކާރުން ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވާކަމަށެވެ. އަދި މިހާތަނަށް މި ސަރުކާރުން ހިންގާފައިވާ ގިނަ މަޝްރޫއުތަކެއް ނިމި އެތަންތަނުގައި މީހުން ދިރިއުޅެންވެސް ފަށާފައިވާކަން އާރިފް ފާހަގަކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ