މާލެ: 31°C

ގައިދީންގެ އެންމެ ބޮޑު ޝަކުވާއަކީ ބޭސްފަރުވާގެ މައްސަލަތައް: ސީޕީ އަހްމަދު

October 30, 2022
2 ފަހަރު ބަލާފައި
ގައިދީންގެ އެންމެ ބޮޑު ޝަކުވާއަކީ ބޭސްފަރުވާގެ މައްސަލަތައް: ސީޕީ އަހްމަދު
ގައިދީންގެ އެންމެ ބޮޑު ޝަކުވާއަކީ ބޭސްފަރުވާގެ މައްސަލަތައް: ސީޕީ އަހްމަދު
ރާއްޖޭގެ ޖަލުތަކުގައި ބަންދު ކޮށްފައިވާ ގައިދީންގެ ފަރާތުން ލިބޭ އެންމެ ބޮޑު ޝަކުވާއަކީ ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ މައްސަލަތައް ކަމަށް ކޮމިޝަނާ އޮފް ޕްރިޒަން އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ. ގައިދީން ޑޮކްޓަރަށް ދެއްކުމަށް ހާއްސަ ޕްރޮގްރާމް "ހޭހަން އޮޕަރޭޝަން" އާއި ގުޅިގެން ކަރެކްޝަނަލް ސާރވިސްއިން އާންމު ކުރި ވީޑިއޯ މެސެޖެއްގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދުފުޅު އެންމެ ގިނައިން ގައިދީންގެ ފަރާތުން ލިބެމުންދާ އެންމެ ބޮޑު ޝަކުވާއަކީ ޑޮކްޓަރަށް ދެއްކުމަށް ދިމާވާ ލަސްތަކާއި ޑޮކްޓަރަށް ދެއްކުމާއި ހުރި ތަފާތު އެކި މައްސަލަތައް ކަމަށެވެ. އަދި ގައިދީންގެ އާއިލާއިން ފާޅުކުރާ އެންމެ ބޮޑު ކަންބޮޑުވުމަކީ އެއީ ކަމަށް ސީޕީ ވިދާޅުވިއެވެ.
"ޖަލުގެ ކަންކަން ބަލަހައްޓާ އޯވާ ސައިޓް ކުރާ ބައެއް މުވައްސަސާތަކުން ވެސް ތަފާތުއެކު ރިކޮމަންޑޭޝަންތައް މި ކަމުގައި ދީފައި އެބަހުރި. މި މައްސަލަ ހައްލު ކުރުމަށް ތަފާތު އެކި މަސައްކަތްތައް ކޮށްފައިވާތީ. އެގޮތުން އައިޖީއެމްއެޗް އާއިއެކު ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށް ޖަލަށް ޑޮކްޓަރުން ގެނެވޭނެ އިންތިމާޒު ހަމަޖައްސައިފިން. އަދި އޮންލައިންކޮށް ޑޮކްޓަރުންނަށް ދެއްކޭނެ ގޮތް ވެސް ހަދައިފިން." ސީޕީ އަހުމަދު ވިދާޅުވި އެވެ.
ޖަލުގައި ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ މައްސަލަ ވަރަށް ބޮޑު ކަން ފާހަގަކުރައްވަމުން އަހުމަދު މުޙައްމަދު ވިދާޅުވީ ޖަލަކީ ގިނަ އަދަދެއްގެ މީހުން ބަންދުކޮށްފައިވާ ތަނަކަށްވާތީ ސިއްހީ ގޮތުން ދިމާވާ މައްސަލަތައް ވަރަށް ގިނަ ކަމަށެވެ. "ހޭހަން އޮޕަރޭޝަނަކީ" ޖަލުގައި ތިބި ގައިދީންގެ ތެރެއިން ހާއްސަ ޑޮކްޓަރުންނަށް ދައްކަން ޖެހޭ މީހުން ޑޮކްޓަރުންނަށް ދެއްކުމަށްޓަކައި ހިންގޭ ހާއްސަ އޮޕަރޭޝަނެއް ކަމަށެވެ. https://twitter.com/CorrectionsMv/status/1586299563434217472    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ