ހޯޑެއްދޫ ވަލުތެރެއިން ގިނައަދަދެއްގެ މަސްތުވާތަކެތި ހޯދައިފި

ހޯޑެއްދޫ ވަލުތެރެއިން ގިނައަދަދެއްގެ މަސްތުވާތަކެތި ހޯދައިފި
ލިޔުން:
ގދ. ހޯޑެއްޑޫ ވަލުތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން ހާމަކޮއްފިއެވެ.
ފުލުހުން މީޑިއާއަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ސައުތު ޕޮލިސްގެ ފުލުހުން ގުޅިގެން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ގދ. ހޯޑެއްދޫ ވަލުތެރެ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފައިވާ ކަމަށެވެ.
"ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށްގެންދާ އެ އޮޕަރޭޝަންގެ ތެރެއިން، ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވަނީ ގދ. އަތޮޅު ހޯޑެއްދޫ ވަލުތެރޭގައި ވަޅުލާފައިހުއްޓައެވެ. މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންމެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން، ކޯޓު އަމުރުގެ ދަށުން އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ." ފުލުހުންގެ މެސެޖެގައި ވެއެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް ކަމަށް ފުލުހުން ބުނި ނަމަަވެސް އެއީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
2019 ވަނަ އަހަރުވެސް ގދ. އަތޮޅު ފަޅު ރަށެއްގައި ވަޅުލާފައިހުރި 150 ކިލޯގެ މަސްތުވާތަކެތި ފުލުހުން ހޯދިއެވެ. މިމައްސަލާގައި 5 މީހަކު ހައްޔަރުކުރި ނަމަވެސް މައްސަލަ ތަހުޤީޤު ކުރުމުގައި ފުލުހުން ހަދާފައިވާ އިޖުރާޢީ ގޯސްތަކުގެ ސަބަބުން މި މައްސަލަ ކޯޓުން ވަނީ ބޭރުކޮއްލާފައެވެ. މި މައްސަލަ ދައުލަތުން އިސްތުއުނާފްވެސް ނުކުރެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
