
ސަރުކާރުން އެޅި ކޮންމެ ފިޔަވަޅަކުންވެސް އިޤްތިޞާދަށް ކުރީ ފައިދާ: ނާޝިޒް
ސަރުކާރުން އެޅި ކޮންމެ ފިޔަވަޅަކުންވެސް އިޤްތިޞާދަށް ކުރީ ފައިދާ: ނާޝިޒް
ލިޔުން:
ދާދިފަހުން ރާއްޖެއަށް ކުރިމަތިވި އިޤްތިޞާދީ ބޮޑެތި ގޮންޖެހުންތަކުގައި ސަރުކާރުން އެޅި ކޮންމެ ފިޔަވަޅަކުންވެސް އޭގެ ހެޔޮ ނަތީޖާ ފެންނަ ކަމަށް ދުނިޔެވެސް ހެކިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މާލީ ޙާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ސަރުކާރުން ހުށަހެޅި ބިލުގެ ބަހުސްގައި މަޖިލީހުގެ ކޮމެޓީގައި ވާކަހަދައްކަވަމުން ނާޝިޒް ވިދާޅުވީ، އިޤްތިޞާދު ރަނގަޅު ކުރުމަށް ސަރުކާރުން އެޅި ކޮންމެ ފިޔަވަޅަކުން ދިވެހި ރައްޔިތުންނަށާއި، ޤައުމަކަށް އޭގެ ފައިދާ ކޮއްފައިވާ ކަމަށެވެ. ކޯވިޑްގައި މުޅި ދުނިޔެއަށް ދިމާވި އިޤްތިޞާދީ ދަތިތަކުގައި ސަރުކާރުން ގެންގުޅުއްވި ސިޔާސަތުތަކާއި ނިންމި ނިންމުންތަކަކީ އޭގެ ހެޔޮ ނަތީޖާ މުޅި ޤައުމަށް ކުރި ނިންމުންތަކެއް ކަމަށް ނާޝިޒު ވިދާޅުވިއެވެ. އެހާލަތުގައިވެސް ސަރުކާރަށް ފާޑުކިޔައި ނިންމި ނިންމުންތަކާއި ދެކޮޅު ހެދި ބަޔަކުވެސް ތިބިކަމަށާއި، ނަމަވެސް އޭރު އެނިންމި ނިންމުންތަކުން ޤައުމުގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން އެދުވަހު ދެކޮޅު ހެދި ބޭފުޅުންވެސް ގަބޫލުކުރައްވާކަމަށް ނާޝިޒު ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެން އެންމެންވެސް ވިސްނަންވީ ޤައުމަށް އެންމެ ފައިދާހުރި، ރައްޔިތުންނަށް އެންމެ ފައިދާހުރި، ރައްޔިތުންނަށް އެންމެ އިޚުލާސްތެރި ގޮތެއްގައި މިކަން ކޮށްދިނުމަށް އެންމެ މުހިންމު ނިންމަކީ ކޮބައިކަން. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިއަދަކީ އަމިއްލަ ޕޮލިޓިކަލް އެޖެންޑާ ހާސިލް ކުރުމަށްޓަކައި ޤައުމު ހަލާކާއި ދިމާލަށް ގެންދަން އެޅެންވީ ވަގުތެއްނޫން." ނާޝިޒު ވިދާޅުވިއެވެ.
ޓެކްސް ބޮޑުކުރުމަށް ނިންމާ ނިންމުމަކީ ކުރިމަތީގައި ބޮޑު އިންތިޚާބެއް އޮތްވާ ސަރުކާރަށް ފަސޭހަ ނިންމުމެއް ނޫންކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ މަސްލަހަތަށް ވުރެ ޤައުމު އިސްކުރައް ވަނީ ޤައުމަށް ލިބޭނެ ގެއްލުން މާބޮޑުވެދާނެތީކަމަށް ނާޝީޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސްތުވާތަކެތީގެ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ 2 ބެއިން ހައްޔަރުކޮށްފި

މާފުށީގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި 6 މީހަކަށް ދައުވާކުރަން ފޮނުވައިފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާ 2 މީހަކު ކަނޑުހުޅުދޫއިން ހައްޔަރުކޮށްފި

ރަސްމާލޭގެ ބިމުން އެންމެ އިންޗިއެވެސް ބޭރުބަޔަކަށް ނުވިއްކަން: ފިނޭންސް މިނިސްޓަރ

އެއްވެ އުޅުމަށް ރާއްޖޭގައި މިހާރު އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

މަސްތުވާތަކެތި ބޭނުންކުރާ މީހަކު ހުޅުދެލިން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
