މާލެ: 31°C

ބަންދު ދެމެހެއްޓޭ ވަރަށް ހެކި ނެތުމުން އަރުޝަދު އަނެއްކާވެސް ދޫކޮށްލައިފި

October 27, 2022
2 ފަހަރު ބަލާފައި
ބަންދު ދެމެހެއްޓޭ ވަރަށް ހެކި ނެތުމުން އަރުޝަދު އަނެއްކާވެސް ދޫކޮށްލައިފި
ބަންދު ދެމެހެއްޓޭ ވަރަށް ހެކި ނެތުމުން އަރުޝަދު އަނެއްކާވެސް ދޫކޮށްލައިފި
އްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާދާއިރާއެއްގައި އޭގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު އިއްޔެ ހައްޔަރުކުރުމަށް ފަހު އަނެއްކާވެސް ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރި ނަމަވެސް އޭނާ ބަންދު ދެމެހެއްޓޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ އޭނާ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. އަރުޝަދު ހައްޔަރުކުރިކަން ފުލުހުން ޔަގީންކޮއްދިނީ އޭނާ ދޫކޮއްލުމުގެ 12 ގަޑިއިރު ކުރިންނެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ކޮން މައްސަަލަޔަކާ ގުޅިގެން ކަމެއް ފުލުހުން ނުބުނެއެވެ.

2020 ވަނަ އަހަރު މާޗު މަހުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަރުޝަދު ހައްޔަރު ކުރިއެވެ. ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އޭނާ ވަނީ ރާއްޖެއިން ބޭރަށް ގޮސްފައެވެ. އޭގެ ފަހުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އޭގެ ފަހުން މަސްތުވާތަކެތީގެ އިތުރު މައްސަލައެއްގައި އޭނާ ހައްޔަރުކުރަން ބެލިއިރު އޭނާ ހުރީ ދުބާއީގައެވެ. އަދި ފަހުން އޭނާ ލަންކާގައި ހުއްޓާ، އޭނާ ބަންދުގައި ބަހައްޓައިގެން މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ހައިކޯޓަށް ހާޒިރުކުރުމަށް އެ ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރުނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ