ކޯވިޑުގެތެރޭގައި ވިޔަފާރިތަކަށްވަމުންދާ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން ވެދިން އެހީއާއެކު ދައުލަތުގެ އިތުރުވި ދަރަނިން އަރައިގަނެވޭނީ ޓެކްސް ނަގާ މިންވަރު ބޮޑުކޮށްގެން ކަމަަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު އަމީރު ވިދާޅުވީ، ކޯވިޑުތެރޭގައި އިޤްތިސާދަށް ވަމުންދާ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ. އަދި އޭރު އެޅި ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކަށް ވަމުންދިޔަ ގެއްލުންތައް ކުޑަކުރެވި، އިޤްތިސާދަށްވެސް އޭގެ ފައިދާ ކުރިކަމަށެވެ. އެހެން ނަމަވެސް އޭރު ވިޔަފާރިތަކަށް ވަމުންދިޔަ އެހީތަކަކީ އޭގެ ބުރަ ސަރުކާރުން އުފުލަން ޖެހުނު ކަމެއްކަން މިނިސްޓަރު ފާހަގަކުރެެއްވިއެވެ. "އެ ހުރިހާ މީހުންނަށް އެކަން ކުރީމައި، އެ ފުރުސަތު ހުޅުވާލީމައި ޖަމްޕު ޖަހަން ފުރުސަތު ލިބުނީ އެކަން އެގޮތަށް ކުރީމައި، އެކަން އެގޮތަށް ކުރީމައި އޭގަ ކޯސްޓެއްވެސް އެބައޮތް، އެ ކޯސްޓަކީ ޕަބްލިކް ފައިނޭންސްއަށް ވަރަށް ބޮޑު ހިޓެއް ނެގުން ދައުލަތުގެ ދަރަނިވެސް އިތުރުވެގެން ދިޔުން، އެހެންވީމައި އެކަން ކަން ރަނގަޅު ކުރުމަށްޓަކައި، ޖީއެސްޓީ، ޓީޖީއެސްޓީ މި ބޮޑު ކުރަން ހުށަހަޅަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިހާލަތުން އަރައިގަނެވޭނީ ޓެކްސް ބޮޑުކޮށްގެން: ފިނޭންސް މިނިސްޓަރު
މިހާލަތުން އަރައިގަނެވޭނީ ޓެކްސް ބޮޑުކޮށްގެން: ފިނޭންސް މިނިސްޓަރު
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
