
ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް 2 ވަނަ އިސްލާޙް ގެނައުމުގެ ބިލް ތަޞްދީޤުކުރައްވައިފި
ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް 2 ވަނަ އިސްލާޙް ގެނައުމުގެ ބިލް ތަޞްދީޤުކުރައްވައިފި
ލިޔުން:
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު (ނަންބަރު: 2019/5) އަށް 2 ވަނަ އިސްލާޙް ގެނައުމުގެ ބިލް ތަސްދީޤު ކުރައްވައިފިއެވެ. މި ބިލަކީ، މި އަހަރުގެ އޮކްޓޫބަރު 19 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މި ޤާނޫނަށް ގެނެވުނު މައިގަނޑު އިސްލާޙު ތަކުގެ ތެރޭގައި ހިމެނެނީ، ޤާނޫނީ ވަކީލުންގެ ސުލޫކީ މައްސަަލަތައް ބެލުމުގައި ބާކައުންސިލުން ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅުމާއި، ބާކައުންސިލްގެ ބަޖެޓާއި، މާލީ ކަންކަން ބަލަހައްޓާނެ ގޮތް ކަނޑައަޅައި ބަޔާން ކުރުމާއި، ޤާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދި ހުށައަޅާ ފަރާތްތަކުން ފުރިހަަމަކުރަންޖެހޭ ތަމްރީން ޕްރޮގްރާމާއި ގުޅޭ އިސްލާޙް ތަކެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 31 ވަނަ މާއްދާގެ (ރ) އަދި (ބ) އާއި، 1-31 ވަނަ މާއްދާގެ (ބ) އުނިކޮށް، މިޤާނޫނުގެ 53 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް ވަނީ އިތުރުކުރެވިފައެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް 2 ވަނަ އިޞްލާހު ގެނައުމުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.
މި ބިލު ތަސްދީޤު ކުރުމާއެކު، މިހާރު ޤާނޫނީ ވަކީލު ކަމުގެ ވަގުތީ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ބާ އިމްތިހާނު ނުހަދައި ޤާނޫނީ ވަކީލު ކަމުގެ ދާއިމީ ހުއްދަ ލިބުމުގެ މަގު ފަހިވީއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސްތުވާތަކެތީގެ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ 2 ބެއިން ހައްޔަރުކޮށްފި

މާފުށީގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި 6 މީހަކަށް ދައުވާކުރަން ފޮނުވައިފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާ 2 މީހަކު ކަނޑުހުޅުދޫއިން ހައްޔަރުކޮށްފި

ރަސްމާލޭގެ ބިމުން އެންމެ އިންޗިއެވެސް ބޭރުބަޔަކަށް ނުވިއްކަން: ފިނޭންސް މިނިސްޓަރ

އެއްވެ އުޅުމަށް ރާއްޖޭގައި މިހާރު އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

މަސްތުވާތަކެތި ބޭނުންކުރާ މީހަކު ހުޅުދެލިން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
