މާލެ: 31°C

ހަބޭސް އައްޔަގެ ކުރު އެހެން ނަމަވެސް ފުރިހަމަ ވާހަކަތަކެއް

October 26, 2022
17 ފަހަރު ބަލާފައި
ހަބޭސް އައްޔަގެ ކުރު އެހެން ނަމަވެސް ފުރިހަމަ ވާހަކަތަކެއް
ހަބޭސް އައްޔަގެ ކުރު އެހެން ނަމަވެސް ފުރިހަމަ ވާހަކަތަކެއް
އަލީ ޝިފާޢުއަކީ ލަވަޔާއި މިއުޒިކު އަދި ވަކިން ޙާއްސަކޮށް ބޮޑުބެރުގެ ފަންނުގައި އަރާހުރި ޒުވާނެކެވެ. ހަބޭސް ބޮޑުބެރު ގުރޫޕުގެ ލީޑަރެއްގެ ގޮތުގައި ހުރެގެން ގިނަ ޒުވާނުން ވަނީ މިފަންނުގެ ތެރެއަށް ވައްދާފައެވެ. އަދި އެކުދިންގެ ހުނަރު ދައްކާލުމަށް ގިނަ ފުރުސަތުތަކެއްވެސް ހޯދައިދީފައެވެ. ހަބޭސް އައްޔަގެ ބެލުމުގެ ދަށުގައި ގިނަ ގުރޫޕުތަކެއް ހަރަކާތްތެރިވަމުން އެބަ ގެންދެއެވެ. ހުރިހާ ކުދިންވެސް އައްޔަ އަށް އިހްތިރާމުކުރެއެވެ. ބަސް އަހައެވެ. ބޮޑުބެރާއި ލަވަޔާއި މިއުޒިކުގެ ތެރެއަށް ވަދެވުނީ ކިހިނެއް؟ ހަބޭސް އައްޔަ: އަބަދުވެސް މިއުޒިކަށް ޝައުޤުވެރިކަންހުރޭ. ދެން މަންމަ ފަރާތު ފެމެލީ (ހިރިލަންދޫ) އަކީވެސް މިއުޒިކުގެ ބައެއް ވަރަށް. އެހެންވެ ޝައުޤުވެރި ވީ. ގްރޫޕުތައް އެކުލަވާލެވުނީ ކިހިނެއް؟ އެއީ ހުނަރު ހުރި ކުދިންތަކެއް ތިބީމަ އެކުދިންގެ ޓެލެންޓް ދެއްކެން އޮތް އެންމެ ބޮޑަކަށް ދައްކަން ވެގެން. ލީޑަރެއްގެ ގޮތުގައި ހުންނައިރު ވިސްނަން ޖެހެނީ ކޮންކޮން ކަންތައްތަކަކަށް؟ ވަރަށް އިންސާފުން ކަންކަން ކޮށްދިނުމަށް އައްޔަގެ ބެލުމުގެ ދަށުގައި އެއް ގުރޫޕަށް ވުރެ ގިނަ ގުރޫޕުތައް އޮންނަ ކަމަށް އެނގިފައިވަނީ. އޭގެ ތަފްސީލު ދީބަލަ! ހަބޭސް ބޮޑުބެރު، ލެވިޓޭޝަން ބައި ހަބޭސް، ހަބޭސް ފިއުޝަން އަދި ހަބޭސް ސްޓޫޑިއޯ. ލެވިޓޭޝަން ބައި ހަބޭސްއަކީ ތޮލާއަށް ޚާއްޞަ ބޭއްޑެއް. ފިއުޝަން އަކީ ބޮޑުބެ (މޯލްޑިވިއަން އައިޑޮލްއިން ވިދާލި އިބްރާހިމް ވަހީދު) އަދި އުބޭއަށް ޚާއްޞަ ބޭންޑެއް. ހުރިހާ އެންމެން ގޮވައިގެން އުޅެނީ ކިހިނެއް؟ ހުރިހާ ކުދިންވެސް ވަރަށް ގުޅިގެން ވަރަށް މަޖާކޮށް އުޅުނީމަ ހަމަ ވާނެ. ހަބޭސްގެ އެންމެން ވަރަށް ގުޅިގެން މިއުޅެނީ. ފަރިތަކުރުންތައް ބާއްވަނީ ކޮންތަންތާކު؟ ހަބޭސް ސްޓޫޑިއޯގަ. ސްޓޫޑިއޯއަކީ ހުރިހާ ކަމެއް ކުރެވޭ ވަރުގެ ކެޕޭސިޓީ ހުރި ތަނެއް. އާމްދަނީ ހޯދުމުގެ ގޮތުން ކުރާ މަސައްކަތަކަށްވާއިރު، އެކަށީގެންވާ އެއްޗެއް ލިބޭތޯ؟ އާމްދަނީއަށް ވުރެ ބޮޑަށް ހޮބީއަކަށް ހުރިހާ ކުދިންވެސް ކުރަނީ. އެކަމަކު ރަނގަޅު އެއްޗެއް ލިބޭނެ ރަނގަޅު ދުވަސްވަރެއް ވިއްޔާ. ސިޔާސީ ޕާޓީތަކުން އޮފަރތައް ލިބޭތޯ؟ އެކަންކަމަށް ކިހިނެއްތޯ އިޖާބަ ދެނީ؟ ސިޔާސީ އޮފާ އާދޭ ވަރަށް. އެކަމަކު ވަކި ޕާޓީއެއްގެ ބަޔަކަށް ވާން ބޭނުމެއް ނޫން. ރަނގަޅު ކަމެއް ކުރާ ކޮންމެ ބަޔަކަށް ހަބޭސްއިން ސަޕޯޓްކުރާނެ. މުސްތަގުބަލާމެދު ކުރެވޭ އުންމީދަކީ ކޮބާ؟ މިދާއިރާއިން އެންމެ ކުރިއަށް ދިއުން ހަމަ. މިހާރުވެސް މި އޮތް ގޮތަށް އެންމެ ބޮޑު ފޭން ބޭސްއާއެކު އާ ހަރުފަތްތަކެއް ގިރާކުރުން. ހަބޭސްގެ ވަރަށް ގިނަ ސްޕޮންސަރުން އެބަތިބި. އޭގެ ސިއްރަކީ ކޮބާ؟ އެއީ ހަމަ ސްޕޮންސަރުން ހަބޭސްއަށް ކުރާ އިތުބާރު. އެންމެ ފުރަތަމަ އަމިއްލައަށް ހުރިހާ ކަމެއް ކުރީ. އެކަމަކު ފަހުން ބުނިން ހިނގާށޭ އެހެން މީހުން މީގަ ބައިވެރިކުރަން. އެހެންވެ ވަރަށް އުފާވޭ އެހާ ބޮޑު އިތުބާރެއް ކުރާތީ. ސްޕޮންސަރުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ހަބޭސް ކާމިޔާބު ގްރޫޕެއްގެ ގޮތުގައި އޮތުމުގެ ސިއްރަކީ ކޮބާ؟ ހަބޭސް ކުދިންގެ ބުރަ މަސައްކަތް. މިދާއިރާގަ އުޅޭ މީހުން އާއިލާއަށް ވަގުތު ނުދެވޭ ވާހަކަ ވަރަށް ގިނައިން އަޑުއިވޭ، އައްޔަ އާއިލާއަށް ވަގުތު ދެނީ ކިހިނެއް؟ އަޅުގަނޑަށް އާއިލާ ވަރަށް މުހިންމު. ކިތަންމެ ބިޒީވިޔަސް ވައިފްއާއި ދަރިފުޅާއެކު ވަގުތު ހޭދަކުރަން. އައްޔައަށް އެންމެ ބޮޑު ސަޕޯޓެއް ލިބެނީ ވައިފްގެ ފަރާތުން. ވައިފްއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.
ހަބޭސް އައްޔަ އަންހެނުން ޝަހޫއާއި އަދި ދަރިފުޅު އިޒީއާއެކު
އައްޔަގެ ހުރިހާ ފޮޓޯއެއްގަ ތުންފަތް މަތީ އިނގިލި ޖައްސާފަ ހުންނަތަން ފެނޭ. އޭގެ ސިއްރަކީ ކޮބާ؟ އެއީ އައްޔަގެ ސިގްނޭޗަރ. މިހާރު ކޮންމެ މީހަކަށްވެސް އެނގޭނެ ފޮޓޯއެއް ނަގައްޔާ އައްޔަ ހުންނާނީ އެހެން ކަން. އަދި އައްޔަ އާ އެއްކޮށް ފޮޓޯ ނަގާ އެންމެންވެސް އެ އެ ޕޯސްގަ ތިބޭނީ. އޭގަ އިންނާނެ ފޮރުވިފައިވާ މާނައެއް. ސަޕޯޓަރުންނަށް ބުނެލަން ބޭނުންވަނީ ކީކޭ؟ ބުނެލަން ބޭނުމީ އަބަދުވެސް ހަބޭސްއާއެކު ތިހެން ތިބޭށޭ. ހަބޭސްގެ ފަޚުރަކީ ތިޔަ ލޯބިވާ ސަޕޯޓަރުންނޭ. ސަޕޯޓަރުން ނެތިއްޔާ ހަބޭސް އޮތުމުގެ ބޭނުމެއް ނޯންނާނެއޭ. ދެން ހަބޭސްގެ ހުރިހާ ސްޕޮންސާސްއަށް މި ފުރުޞަތުގައިވެސް ޝުކުރު ދަންނަވަން. ނިންމާލަމުން ބުނެލަން ބޭނުންވަނީ ކީކޭ؟ ހަބޭސްގެ ސަޕޯޓަރުންނާއި ސްޕޮންސަރުން ނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. މިވަގުތު ހަބޭސްގެ ސްޕޮންސަރުންގެ ގޮތުގައި ތިބި، އުރީދޫ، ކޮޕިއާރ ޕްލަސް، ކޮކާކޯލާ، ޑިޕަބްލިކު، ކްލަބް 360، ޒައިބް ސްޕާރީ، ލެވިސްތާ ކޮފީ، އީވް ގާރމަންޓް، ސްނޯ އިންވެސްޓްމެންޓް، އޮފިޝަލް އިވެންޓްސް، ރާއްޖެޓީވީ، އިރުވަރު އޮންލައިން، ހާފް ކޯޓް މޯލްޑިވްސް، ލަވަފޮށި، މެކްސް ކޮމް، އިބާން އެއަރކޮންޑިޝަނަރ އިން، ޕްރިންޓް ލެބް، އެލް މޯބައިލް އަދި އެމް އެކްސް ސައިން އަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ