މި ފޮޓޯއާއި ގުޅިގެން ހޯމް މިނިސްޓަރު އެބަ އޮތް ނޫހަކަށް އިންޓަވިއުއެއް ދެއްވާފަ، އެމަނިކުފާނު ވަޑައިގެންނެވީ ޕިއްޒާއެއް ކެއުމަށްކަމަށް. އެހެން ނަމަވެސް ޕީއެންސީގެ ޕީޖީ ލީޑަރު މިއަދު އެ ވިދާޅުވަނީ މިއީ ހަދާފައި އޮތް ފޮޓޯއެކޭ، އެހެންވީމަ ސުވާލަކީ ހޯމް މިނިސްޓަރުތޯ ދޮގު ހައްދަވަނީ ޕީއެންސީގެ ޕީޖީ ލީޑަރުތޯ ދޮގު ހައްދަވަނީ.މީކާއީލް ވިދާޅުވިއެވެ. މީކާއީލް ވަނީ ދޮގު ހައްދަވަނީ އިހުސާންތޯ ނުވަތަ ފަލާހުތޯ ސުވާލު އުފައްދަވާފައެވެ. ރަސްމީ ގަޑީގައި ނަމަވެސް، ނުވަތަ ނުރަސްމީ ގަޑީގައި ނަމަވެސް ޕީއެންސީގެ މެންބަރޝިޕް ފޯމްތައް ޑީއެންއާރުގެ ތެރޭގައި ހުރި ސަބަބާއިމެދު މީކާއީލް ސުވާލު އުފެއްދެވިއެވެ.
މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް
ލިޔުން:
ރާއްޖޭގައި ހިންގި އެންމެ ބޮޑު އައިޑެންޓިޓީ ފްރޯޑް ސުޕަވައިޒް ކުރެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާންކަމަށް ގަލޮޅު ދެކުނު ދާއިރާގެ މީކާއީލް އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ އައިޑެންޓިޓީއިން އެންމެ ބޮޑު ވައްކަމެއް ކޮށްފައިވަނީ މި ސަރުކާރުގައިކަމަށެވެ. އަދި އެ ވައްކަން ސުޕަވައިޒް ކުރެއްވުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މަންޒަރު ބައްލަވަން ހުންނެވިކަމަށްވެސް ވިދާޅުވިއެވެ.
މީކާއީލް އިޝާރާތް ކުރެއްވީ ސައްހަ ނޫން ފޯމުތަކެއް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށައަޅާފައިވާ މައްސަލައަށެވެ.
މީކާއީލް ވަނީ އިހުސާން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގައި ފޯމުތަކުގެ މަސައްކަތް ބައްލަވަން އިންކަމަށް ބުނެ، ދައުރުކުރަމުންދާ ފޮޓޯވެސް ހިއްސާކުރައްވާފައެވެ. ނިޒާމީ ނުކުތާއެއް ނަންގަވާ މިއީ އެޑިޓް ކޮށްފައިވާ ފޮޓޯއެއްކަމަށް ޕީއެންސީގެ ޕީޖީ ލީޑާރު އިބްރާހީމް ފަލާހު ވިދާޅުވުމުން ރައްދު ދެއްވާ މީކާއީލް ވިދާޅުވީ، ނަމަވެސް އެތަނަށް ވަޑައިގެންނެވިކަމަށް އިހުސާން މީޑިއާއެއްގައި ވިދާޅުވެފައިވާކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި

ވަކީލަކު ހޯދަން ބައްސާމަށް ފުރުސަތު ދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
