މާލެ: 31°C

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

January 16, 2025
2 ފަހަރު ބަލާފައި
ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި
ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި
މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދަވައިފި
ފިޝަރީޒް މިނިސްޓްރީން ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި މި ބައްދަލުވުމުގައި މ. ދިއްގަރުގައި ޤާއިމުކުރުމަށް ރޭވިފައިވާ ގޭދޮށު މަސްފެކްޓަރީގެ މަޝްރޫއާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ތަފްޞީލުކޮށް ހިއްސާކުރެއްވި އެވެ.
މީގެއިތުރުން މަސްވެރިކަމުގެ ދާއިރާގައި ޒުވާނުންގެ ބައިވެރިވުން މަދުކަން ފާހަގަކުރެވޭތީ މިނިސްޓްރީން ޒުވާނުންނަށް އަމާޒުކޮށްގެން މިއަހަރު ހިންގުމަށް ރާވާފައިވާ ތަމްރީނު ޕްރޮގްރާމްތަކުގެ މަޢުލޫމާތު ކައުންސިލަށް މިނިސްޓަރު ދެއްވި ކަމަށްވެއެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި އޭގެ އިތުރުން މަސްވެރިކަމުގެ ދާއިރާގައި ހުރި އެހެނިހެން ގޮންޖެހުންތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި މި ކަންކަން ޙައްލުކުރުމަށް އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ