މާލެ: 31°C

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

January 16, 2025
12 ފަހަރު ބަލާފައި
މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން
މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން
މި ފޮޓޯ އާންމުވުމުން، އިސްލާމް މިނިސްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އޭނާގެ ފޭސްބުކްގައި ލިއުއްވާފައިވެއެވެ؛ ސިޔާސީ ވާހަކަ ދައްކައި ކަންކަމަށް ބިނާކުރަނިވި ފާޑުކިއުމަކީ ރަނގަޅުކަމެއް. އެކަމަކު ދޮގު ފެތުރުމަކީ ﷲ ރުހިވޮޑި ނުގަންނަވާ ކަމެކެވެ. ތިޔަ ފޮޓޯ އިން ފެނިވަޑައިގަންނަވާ ޢިއްޒަތްތެރި ދެ އުޚުތުންނަކީ އިސްލާމް އާބާދުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް ދެ އޮފިޝަލުންނެވެ. އެ ދެބޭފުޅުން އިސްލާމް އާބާދު އެއަރޕޯޓަށް ވަޑައިގެންނެވީ ރާއްޖެއިން ދިޔަ ވަފުދު ރިސީވް ކުރުމަށެވެ. ތީ އެއާޕޯޓްގެ ރިސީވިންގެ ފޮޓޯއެއް. އަޅުގަނޑާ ދިމާލަށް ކިތައްމެ އެއްޗެއް ކިޔަސް އެންމެ ރަނގަޅެވެ. ކިޔާމީހަކަށް އަބަދުމެ މަޢާފްވެސް ކުރަމެވެ. އެކަމަކު އެހެން މީހުންގެ އަބުރާއި އިއްޒަތާއި ކަރާމަތަށް އިހުތިރާމްކުރުން އެދެމެވެ. މަހުރަމަކާ ނުލައި ދެ އަންހެނުން ގޮވައިގެން ޕާކިސްތާނަށް ވަޑައިގެންނެވި ކަމަށް ބުނެ، ހަގީގަތާ ޚިލާފު މި ފޮޓޯ ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފައެވެ. މަތީގައި އެވަނީ މިނިސްޓަރު އެކަމުގެ ހަގީގަތް ހާމަކޮށްދެއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ