މަސް ބޯޓެއް އަތުލައިގެންފި

މަސް ބޯޓެއް އަތުލައިގެންފި
ލިޔުން:
ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެެގެން އުޅުނު ބޭރުގެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި އެވެ.
އެމްއެންޑީއެފުން މިރޭ ބުނީ އެއީ ލަންކާގެ މަސް ބޯޓެއް ކަމަށެވެ. އެ ބޯޓުގައި 6 މީހުން ތިބި ކަމަށާއި އެ މީހުން ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ
ގަވައިދާ ހިލާފަށް ރާއްޖެއަށް ވަދެގެން އުޅުނު ބޯޓެއް މިދިޔަ މަހު ވެސް އަތުލައިގެންފައިވެ އެވެ.
މިިދިޔަ މަހު އެ ބޯޓު އަތުލައިގަތީ ޑްރޯން ބޭނުންކޮށްގެން ނެވެ.
570 މިލިއަނެއްހާ ރުފިޔާ ދައްކައިގެން މި ސަރުކާރުން ތުރުކީން ތިން ޑްރޯން ގެނައުމަށް ފަހު އެ ޑްރޯންތައް އޮޕަރޭޓްކުރަން އެމްއެންޑީއެފްގައި ފުރަތަމަ ފަހަރަށް ވައިގެ ބާރެއް މިދިޔަ މާޗު މަހު ވަނީ ތައާރަފްކޮށްފަ އެވެ.
އެއާއެކު ރާއްޖެއަށް ގަވައިދާ ހިލާފަށް ވަދެގެން އުޅޭ ބޯޓުތައް ހޯދަން ވަނީ ފަސޭހަވެގެން ގޮސްފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި

ވަކީލަކު ހޯދަން ބައްސާމަށް ފުރުސަތު ދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
