މާލެ: 31°C

މިއަހަރުގެ ޒުވާނުންގެ އެވޯޑް، 10 ޒުވާނަކަށް ދީފި

October 24, 2022
2 ފަހަރު ބަލާފައި
މިއަހަރުގެ ޒުވާނުންގެ އެވޯޑް، 10 ޒުވާނަކަށް ދީފި
މިއަހަރުގެ ޒުވާނުންގެ އެވޯޑް، 10 ޒުވާނަކަށް ދީފި
މިއަހަރުގެ ޒުވާނުންގެ ދުވަހުގެ އެވޯޑުތައް އެކި ދާއިރާތަކުން 10 ޒުވާނަކަށް ދީފިއެވެ.

ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޒުވާނުންގެ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި އެވޯޑުތައް ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

މި އެވޯޑުތަކުގައި ހިމެނެނީ ތަފާތު ނުވަ ދާއިރާއަކާއި، ނޭޝަނަލް ޔޫތު ވޮލަންޓިއަރ ޕްރޮގްރާމްގެ ތެރެއިން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ދެއްވާ ހާއްސަ އެވޯޑެވެ.

މިފަހަރުގެ ޒުވާނުންގެ އެވޯޑުތައް ލިބިފައިވަނީ:

- ވިޔަފާރިއާ އިޤްތިޞާދީ ދާއިރާއިން- މުހައްމަދު ޖައިލަމް / ގދ.ފިޔޯރީ ޝާދީވިލާ

- ކުޅިވަރަށް ޚިދުމަތްކުރުމުގެ ދާއިރާއިން - ނީޝާ ޙަލީމް / މއ.ކޮކޯމާ

- ދަރުމަވެރިކަމުގެ ދާއިރާއިން- ފިރާޝާ މުޙައްމަދު / ހދ.ހަނިމާދޫ ރިލީފް

- ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމުގެ ދާއިރާއިން- ޢަބްދުﷲ ޝަހުނީޒް / ނ.ޅޮހި އޯކިޑުމާގެ

- ދިވެހިބަހާއި ޡަޤާފަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން- ޢަލީ އަމީރު / ދ.ބަނޑިދޫ ލަކީސްޓާ

- ފަންނުވެރިކަމުގެ ދާއިރާއިން- ޢަބްދުﷲ ޝަފީޢު / ހދ.ވައިކަރަދޫ ހިސާން

- މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާއިން- އާފިރު މުޙައްމަދު / ގދ.ރަތަފަންދޫ

- ދަނޑުވެރިކަމުގެ ދާއިރާއިން- ޢަލީ ރަޝީދު / ލ.އިސްދޫ މޯނިންގްހައުސް

- ވޮކޭޝަނަލް ޓްރެއިނިންގގެ ދާއިރާއިން- އިބްރާހިމް ޝަރީފް / ޅ.ހިންނަވަރު އުރަހަ

- ނެޝަނަލް ޔޫތް ވޮލަންޓިއަރ ޕްރގްރާމްގެ ތެރެއިން- އަޙްމަދު އަޙްނަފް / އއ.ރަސްދޫ އަސަރީ

 

ޒުވާނުންގެ އެވޯޑަކީ، ތަފާތު އެކި ދާއިރާތަކުން ޒުވާނުން ކުރަމުންގެންދާ މަސައްކަތް ބަލައިގަނެ ހިތްވަރުދީ، ޒުވާނުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ